ފަނޑިޔާރުންނަށް ފާރަލީކަމުގެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ އެސްޖީ ސަސްޕެންޑްކޮށްފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް ސަސްޕެންޑް ކޮށްފިއެވެ.ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ)ގެ އިސްވެރިޔާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ މިރޭ ވިދާޅުވީ ފާއިޒް ސަސްޕެންޑް ކުރީ އެ އިދާރާއަށް ހުށަހެޅިފައިވާ މައްސަލައެއް ތަހުގީގު ކުރުމުގެ ތެރޭގައި ފާހަގަވި ސީރިއަސް ކަންތައްތަކަކާ ގުޅިގެން ކަމަށެވެ.ފަނޑިޔާރުންނަށް ފާރަލުމުގެ ތުހުމަތު އަދި ކޯޓުގެ ސިއްރު މައުލޫމާތު ކޯޓުން ބޭރަށް ފޯރުކޮށްދޭ ކަމުގެ ތުހުމަތު ވެސް އޭނާއަށް ކޮށްފައިވެއެވެ."ތަހުގީގު ނިމެންދެން ނޫނީ ސަސްޕެންޝަނާ މެދު އިތުރު ގޮތެއް ނިމެންދެން މިއަދުން ފެށިގެން ފާއިޒު ސަސްޕެންޑްކޮށްފައި ވަނީ،" ރިޒްނާ ވިދާޅުވި އެވެ.އޭނާ ސަސްޕެންޑުކުރުމާ ގުޅިގެން ވަގުތީ ގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެފައިވަނީ އެކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ އާއެވެ.ޑރ. ހުސައިން ފާއިޒް އެ މަގާމަށް އައްޔަން ކުރެއްވީ ޖަނަވަރީ 7، 2019 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ