ގާސިމް ހައްޔަރު ކުރަން އުޅޭ ވާހަކަ ފުލުހުން ދޮގުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.
ގާސިމް ހައްޔަރު ކުރަން އުޅޭ ކަމަށް ބުނެ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއަށް ތާއީދު ކުރާ މީހުން، ގާސިމް ދިރިއުޅުއްވާ މާފަންނު ވިލާ ކައިރިއަށް އެއްވެފައިވެއެވެ. އަދި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ގާސިމް ހައްޔަރުކުރުމަށްޓަކައި ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިވާ ކަމަށެވެ.
ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގާސިމް ހައްޔަރު ކުރުމަށްޓަކައި ކޯޓު އަމުރު ހޯދުމަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދިފައިނުވާނެ ކަމަށެވެ.
ރައީސް ނަޝީދު ހައްޔަރުކުރުމަށް ނެރުނު އަމުރުގައި ބުނެފައި ވަނީ ރައީސް ނަޝީދު ހައްޔަރުކޮށްފައި ވަނީ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި ޝަރީޢަތަށް ހާޒިރުނުވެދާނެ ކަމުގެ ބިރަށްޓަކައި ކަމަށެވެ.
ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ 2012 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އެކަހެރި ކުރި މައްސަލައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ