ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ބެހޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ގައުމީ ކޮމްޕްލައިންޓްސް ބިއުރޯ ގާއިމުކޮށްފި އެވެ.
ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ޤާއިމްކޮށްފައިވަނީ ޕޯޓްސް ކޮމްޕްލެކްސްގެ ދެވަނަ ފަންގިފިލާގައެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ހުށަހަޅާނީ ރިޔާސީ އިންތިޚާބާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު މެދުވެރިކޮށް ކަމަށެވެ.
މި ފޯމު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުންނާއި ޕީ.އޭ ކޮމްޕްލެކްސްގެ ދެވަނަފަންގިފިލާގައި ހުންނަ ޤައުމީ ކޮމްޕްލައިންޓްސް ބިއުރޯގެ ކައުންޓަރުންނާއި ފަސްވަނަ ފަންގިފިލާއިގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ އިދާރާގެ ކައުންޓަރުންނާއި ރަށްރަށުގެ ރަށު ކައުންސިލް އިދާރާތަކުގައި ޤާއިމް ކުރެވިފައިވާ އިލެކްޝަންސް ފޯކަލްޕޮއިންޓް ތަކުން ކަމަށް ކޮމިޝަނުން ބުނެ އެވެ.
ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވިފައިހުންނާނީ 28 ޖުލައި 7 އޮގަސްޓު އާ ހަމައަށް ހެނދުނު 9:00 އިން 14:00 އަށެވެ. އަދި 10 އޯގަސްޓް އިން ފެށިގެން ޤައުމީ ކޮމްޕްލައިންޓްސް ބިއުރޯ ހުޅުވިފައި ހުންނާނީ ހެނދުނު 08:00 އިން 16:00 އަށެވެ. ހުކުރުދުވަސްތަކުގައި މެންދުރުފަހު 14:30 ން 17:00 އަށެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހިރައްޔިތުންނަށް، ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ، އެފަދަ ފަރާތްތަކަށް އެފަރާތްތަކުގެ އާއިލާ ނުވަތަ ރައްޓެހިން މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ރަށްވެހިވެފައިވާ ރަށްނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކޮށް އައިޑީކާޑުގެ ކޮޕީއާއެކު އެފޯމުގައިވާ މައުލޫމާތުތަކަށް ޒިންމާވެވޭވަރުގެ ފަރާތެއްގެ އީމެއިލް ނުވަތަ ފެކުހަށް ފޮނުވައިގެން އެފަރާތްތައް މެދުވެރިކޮށް އިލެކްޝަން ކޮމިޝަނަށް ނުވަތަ ރާއްޖެއިން ބޭރުގައިވާ ރާއްޖޭގެ ހައިކޮމިޝަން ނުވަތަ ކޮންސިއުލޭޓުގައި މަސައްކަތްކުރާ ފޯކަލް ޕޮއިންޓަށް ފޯމު ގެންނަ ފަރާތެއް ޒިންމާވާގޮތަށް ފެންނަ ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
އަދި ރާއްޖެއިން ބޭރުގައި އުޅެމުންދާ ރައްޔިތުން އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް އެދި އީމެއިލުން ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ނުވަތަ ރާއްޖެއިން ބޭރުގައިވާ ރާއްޖޭގެ ހައިކޮމިޝަން ނުވަތަ ކޮންސިއުލޭޓްތަކަށް ފޮނުވާ ފޯމު ބަލައިގަންނަ ގޮތަށް ހަމަޖެހިފައިނުވާ ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ.
ރިޔާސީ އިންތިހާބާ ގުޅޭ ޝަކުވާތައް ބަލައިގަތުމަށް ބިއުރޯއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ