މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ސޯދިޤް އާއި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ހަސަން ޝާހިދުގެ މައްޗަށް ދައުލަތުންކޮށްފައިވާ ކޮރަޕްޝަންގެ ދައުވާއަށް ދެ ބޭފުޅުންވެސް އިންކާރުކުރައްވައިފި އެވެ.
 
ސޯބެ އާއި ޝާހިދުގެ މައްޗަށް ކުރަނީ މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖައިޒު ފާއިދާއެއް ހޯދައި ދިނުމުގެ ކުށުގެ ދައުވާއެވެ. ދެބޭފުޅުންވެސް ދައުވާއަށް އިންކާރުކުރައްވާފައިވަނީ ހޯމަ ދުވަހު (މިއަދު) މެންދުރުފަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވި ޝަރީއަތުގެ ފުރަތަމަ އަޑު އެހުމުގައެވެ.  
 
ޝަރީއަތުގެ އަޑުއެހުމުގައި ދެ ބޭފުޅުންވެސް ވަނީ ދައުވާއަށް އިންކާރުކުރައްވައި، ވަކީލަކު ހަމަޖެއްސުމަށް އިތުރު މުއްދަތެއް ދިނުމަށް އެދިވަޑައިގެންފަ އެވެ. ދެބޭފުޅުންވެސް އެގޮތަށް އެދިވަޑައިގަތުމުން ވަކީލަކު އައްޔަނުކުރެއްވުމަށް ދެބޭފުޅުނަށްވެސް ވަނީ 14 ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ.
 
ސޯބެ އާއި، ޝަހިދުގެ މައްޗަށް މަޤާމުގެ ނުފޫޒު  ބެނުންކޮށްގެން ނާޖައިޒު ފައިދާއެއް ހޯދައިދިނުމުގެ ދަައުވާކުރަނީ، އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް އެ ސިޓީގެ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ކުރެހުންތަކެއް ބަހައްޓަން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ބަޔަކާ ހަވާލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.
 
އެކަމާއި ގުޅިގެން އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮންވެންޝަން ސެންޓަރުގެ ކޮންކްރީޓް ރީފިލް މަސައްކަތް ކުރުމަށް ކުންފުންޏަކާ ހަވާލު ކުރީ އިއުލާނު ކުރުމެއް ނެތި ކަމަށާއި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މޭޔަރުކަން އެނގެން އޮންނަ ކަމަށެވެ. އޭސީސީން ބުނެފައި ވަނީ އެއްބަސްވި އަދަދަށް ވުރެ އިތުރަށް ރިލީފް އާޓް ތައްޔާރުކޮށްފައިވާ ކަމަށާއި އެ މަސައްކަތް ކުރި ފަރާތަށް 336،000ރ. ދީފައިވާ ކަމަށް ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ