ސިޔާސީ ކަންތައްތައް ވަމުންދާގޮތުން ކޮންމެ ކަމަކީވެސް ވެދާނެ ކަމެއްކަމަށް ގަބޫލު ކުރަން ޖެހޭ: މައުމޫނު

ސިޔާސީ ކަންތައްތައް ވަމުންދާ ގޮތުން، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް ކަމަށާއި މަޖިލީހުގެ އަޣުލަބިއްޔަތު ރައީސް އަބްދުﷲ ޔާމީނާ އެކު އޮތް ނަމަވެސް މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުހައްމަދުގެ އިތުބާރު ނެތް ކަމަށް ފާސްވާނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރެއްވޭ ކަމަށެވެ.
އަމިއްލަ ދަތުރުފުޅެއްގައި އިންޑިއާގެ ބެންގަލޫރަށް ފުރާވަޑައިގަތުމުގެ ކުރިން ރަސްމީ ފާލަމުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން، ހުރިހާ ޕާޓީތައް ގުޅިގެން މަޖިލީހަށް ހުށަހެޅި ހުށަހެޅުމަށް އެ މަނިކުފާނު ފުރިހަމަ އަށް ތާއީދުކުރައްވާ ކަމަށެވެ.
އަދި މަސީހްގެ އިތުބާރު ނެތް ކަމަުގެ ވޯޓަށް ޕީޕީއެމްގެ ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ތާއިދު ކުރައްވާ ކަަމަށާއި ނަމަވެސް އެ ތާއިދަކީ ކުއްލިއަކަށް ފެނިގެންދާނެ ތާއިދެއް ނޫން ކަމަށާއި އެ ތާއިދު ވަރަށް ފުރިހަމަ އަގުލަބީއްޔަތަކާއެކުން ވޯޓުން ފެނިގެންދާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު ހައްޔަރުކުރަން ބަޔާނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މައުމޫން ވިދާޅުވީ ސިޔާސީ ކަންތައްތައް ވަމުންދާ ގޮތުން ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށާއި ވޭތުވެދިޔަ ތަނުގައި ރާއްޖޭގައި ހިނގައި ދިޔަ ކަންތައްތަކަކީ ވެސް ވެދާނެ ކަންކަން ކަމަށް އެއްވެސް މީހަކު ގަބޫލުނުކުރާނެ ކަންކަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ