އެމެރިކާގެ "ނަރަކަ" ގިޓްމޯ ޖަލުގައި އަދިވެސް 103 މީހުން އެބަތިބި

ކިޔުބާގެ ގުއަންޓަނަމޯބޭގައި އެެރިކާއިން ހިންގާ އެމެރިކާގެ "ނަަރަކަ"، ގިޓްމޯ ޖަލުގައި އަދިވެސް 103 ޤައިދީން އެބަތިއްބެވެ.
އެޖަލުން އެންމެފަހުން މިނިވަންކުރި ސައުދީ ރައްޔިތެއް ކަމަށްވާ މުޙައްމަދު ޢަބްދުއްރަޙްމާން އަން ޝަމްރާނީ މިހާރު ވަނީ ސައުދިއަރަބިޔާއަށް ފޮނުވައިފައެވެ.
އޭނާއަކީ 2001 ވަނަ އަހަރު ޕާކިސްތާނުން ހައްޔަރުކޮށް 2002 ވަނަ އަަހަރު އެޖަލަށް ބަދަލުކުރި މީހެކެވެ. ސައުދިއަރަބިޔާއިން އޭނާ މިނިވަން ކުރާނީ ބަލްޖެހޭ ބެލުންތައް ބެލުމަށްފަހުގައެވެ.
ރައީސް ބަރަކް އޮބާމާ ވިދާޅުވެފައިވަނީ އެޖަލު ހުސްކޮށް އެތަން ބަންދުކުރައްވަން ބޭނުންފުޅު ކަމަށެވެ. އެޖަލު ބަންދުކުރުމަށް ގޮވާލައި ދުނިޔޭގެ ކަންކޮޅުތަކުގައި ގެންދަނީ މުޡާހަރާތައް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ