ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދައްކުރައްވާ ކެންޑިޑޭޓް، މ. މަޑުއްވަރީ، ކާނިގޭ، އަހްމަދު ރާޒީ އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމް ހުށަހަޅުއްވައިފި އެވެ.
އިންތިހާބުގައި ވާދަކުރެއްވުމަށް ރާޒީއަށް ޓިކެޓް ލިބިވަޑައިގެންނެވީ ރާޒީއާއެކު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ޝަރުތު ފުރިހަމަވި މ. ތްރީއޭވިލާ އިބްރާހީމް ޖިހާދު ނަން އަނބުރާ ގެންދެވުމުންނެވެ.
ރާޒީގެ އިތުރުން ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވުމަށް މިހާތަނަށް ފޯމް ހުށަހަޅުއްވާފައިވަނީ ޕީޕީއެމްގެ ފަރާތުން އެޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫނާއި ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބް ރައީސް އަދި މ. އަތޮޅު ކައުންސިލްގެ މެންބަރު މޫސާ ނަސީރު އަހްމަދު އެވެ. ޕީޕީއެމަށް ނިސްބަތްވާ ނަސީރު އިންތިހާބަށް ކުރިމަތިލެއްވީ އަމިއްލަ ގޮތުންނެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ މައްސަލަ ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލުމުންނެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަަމަޖައްސާފައިވަނީ ކުރިއަށް އޮތް ޖޫން މަހުގެ ހަވަނަ ދުވަހު އެވެ. އެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ މާދަމާގެ ނިޔަލަށެވެ.
ދިއްގަރު ދާއިރާގެ އިންތިހާބުގައި ވާދަކުރެއްވުމަށް ރާޒީ ފޯމް ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ