ސްޓެލްކޯގެ ކެޕޭސިޓީ ބޮޑުކޮށް މާލޭގެ ކަރަންޓަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަލަށް ބެހެއްޓި 8.9 މެގަވޮޓްގެ ޖަނަރޭޓަރުން މާލެއަށް ކަރަންޓް ދޭން ފަށައިފި އެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެޖަނަރޭޓަރު މާލޭ ޕަވަރގްރީޑާއި މިއަދު ގުޅާލާއި ކަރަންޓް ދީފައި ވީނަމަވެސް އަދިވެސް ކުރިޔަށްދަނީ ޓެސްޓްތައް ކަމުގަ އެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު އެޓެސްޓްތައް ކުރެވޭނެ ކަމަށާއި ދާއިމީ ގޮތެއްގައި އެޖަނަރޭޓަރުން ބޭނުންކުރަން ފަށާނީ އޭގެ ފަހުން ކަމުގަ އެވެ.
އައު ޖަނަރޭޓަރު ބޭނުން ކުރުން ފެށުމުގެ ގޮތުން މިއަދު ސްޓެލްކޯގެ އިންޖީންރޫމުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވި އިރު އައުޖަނަރޭޓަރުން ކަރަންޓްދޭން ފެށުން އިފްތިތާހުކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤު އިބުރާހިމް އެވެ.
ސްޓެލްކޯއިން މިބެހެއްޓި 8.9 މެގަވޯޓުގެ ޖަނަރޭޓަރާއި އެކު މިހާރު 27 ޖަނަރޭޓަރުން މާލެއަށް ކަރަންތް ފޯރުކޮށް ދެމުން ގެންދާނެ އެވެ. ސްޓެލްކޯއިން ބުނީ މިހާރުވެ 8.9 މެގަވޯޓުގެ ދެ ޖަނަރޭޓަރު ހިންގަމުންދާއިރު އަަލަން މިބެހެއްޓުނު ޖަނަރޭޓަރުގެ ސަބަބުން ކަރަންޓްގެ މައްސަަލައަށް ހައްލެއް އަންނާނެ ކަމަށެވެ.
އަލަށް ބެހެއްޓި ޖަނަރޭޓަރުން ކަރަންޓް ދޭންފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ