މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ އެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނޑުނީ ކޭބަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ.
މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަށް ކަރަންޓްގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.
މާލެއިން ކަރަންޓް ކެނޑުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ. އަދި ކަރަންޓް ކެނޑި ހިދުމަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރަމުންދާތީ އެތައް ބައެއްގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށާއި ސްޓެލްކޯ އަށް އަމާޒުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ