އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށަކުން ކަރަންޓް ކެނޑިއްޖެ

އައްޑޫ ސިޓީގެ ގުޅިފައިވާ ހުރިހާ ރަށަކުން އެއްފަހަރާ ކުއްލި ގޮތަކަށް ކަރަންޓު ކެނޑިއްޖެ އެވެ.
ވީނިއުސް އަށް މައުލޫމާތު ދިން އައްޑޫ މީހަކު ބުނީ ފެނަކަ ކޯޕަރޭޝަނުން އައްޑޫގައި ހިންގާ އިންޖީނުގޭގައި ބޭނުންކުރާ ހުރިހާ ޖަނަރޭޓަރެއް ހުއްޓިފައިވާ ކަމަށެވެ.
ވީނިއުސް އަށް އެނގިފައިވާ ގޮތުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑުނީ ކަރަންޓް ދިނުމަށް ބޭނުންކުރާ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.
މާލެ ފިޔަވާ އެންމެ ގިނަ ބަޔަކު ދިރިއުޅޭ އައްޑޫ ސިޓީގެ ރަށްތަކުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެމުންދާ ކަން ފާހަގަކުރެވެ އެވެ.
އައްޑޫ އިން ކަރަންޓް ކެނޑޭ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ގެންދަނީ ސަރުކާރުގައި އެދެމުންނެވެ.
ނަމަވެސް ކައުންސިލުން އެދޭ ކަންކަން ކޮށްދިނުމުގައި ސަރުކާރުގެ އެހީތެރިކަމާ އެއްބާރުލުން ނުލިބޭ ކަންވެސް އައްޑޫ ސިޓީ ކައުންސިލުން ގެންދަނީ ފާހަގަކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ