ދެއްވަދޫ ސްކޫލް އާ އިމާރާތާއި، ފެނަކަ އޮފީސް ހުޅުވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ގއ. ދެއްވަދޫ ސްކޫލުގެ އައު ޢިމާރާތާއި، ފެނަކަ އައު އޮފީސް ހުޅުއްވައިދެއްވައިފި އެވެ.
ރައީސް މިތަންތަން ހުޅުއްވައި ދެއްވީ، ހުވަދުއަތޮޅަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު އެރަށަށް ކުރެއްވި ޒިޔާރަތުގަ އެވެ.
ދެއްވަދޫ ސުލްޠާން މުޙައްމަދު ސްކޫލުގެ ދެ ބުރީގެ އައު ޢިމާރާތަކީ، ދެ ކުލާސްރޫމާއި، ހެލްތް ރޫމަކާއި ލައިބްރަރީއެއް ހުންނަ ޢިމާރާތެކެވެ. މިޢިމާރާތުގެ މަސައްކަތްކޮށްފައި ވަނީ. ވެލްމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެންނެވެ.
ދެއްވަދޫ ފެނަަކަަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. ކުރިން ދެއްވަދޫގައި ހުރި އިންޖީނުގެއާ އޮފީސް ހުރީ، މީހުން ދިރިއުޅޭ ސަރަހައްދުގައި ނަމަވެސް އައު އިންޖީނުގެއާ އޮފީސް އިމާރާތް ބިނާކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގަ އެވެ.
މީގެ އިތުރުން ރައީސް ވަނީ، ދެއްވަދޫގައި އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ، އަޒްރޯވާ ޕައިޕް ފެކްޓަރީ ހުޅުއްވައިދެއްވާފަ އެވެ. އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މިފެކްޓްރީއަކީ، ފެނާއި ނަރުދަމާ އަދި އެނޫންވެސް ބޭނުންތަކަށް ބޭނުންވާ ހޮޅި އުފައްދާ ފެކްޓްރީއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ