ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރަޖިސްޓްރީ ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާނަމަ، އެ ރަށަކަށް އޮންލައިންކޮޮށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު މިއަދު ހަމަވާނެ ކަމަށާއި ރީރެޖިސްޓްރޭޝަން ކުރުމަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލައިގެން ތިން ހަފްތާ ވެގެން ދިޔައިރު ތަރުހީބު ކުޑަނަމަވެސް، އިއްޔެ އެކަނި ވެސް 1500 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާއިފައިވާ ކަމަށާއި މުއްދަތު ދެން އިތުރުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ރީރެޖިސްޓްރޭޝަނަށް އިތުރު މުއްދަތެއް ދެވެން ނެތީ އިންތިހާބުގެ އެހެން މަސައްކަތްތަކަށް ބުރޫ އަރާނެތީ ކަމަށް ވެސް އެކޮމިޝަނުން ބުނެއެވެ
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،672 މީހުންނަށް ލިބިގެންވާ ކަމަށް، އިލެކްޝަންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ރިޔާސީ އިންތިހާބުގައި ރަށްރަށުގައްޔާއި ރާއްޖޭން ބޭރުގައި ޖުމްލަ 604 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅައިފި ނާޒިމްގެ ރަނިންމޭޓަކަށް ޑރ. އަދީލް ހަމަޖައްސަވައިފި ރައީސް ސޯލިޙްގެ ރަނިންމޭޓަކަށް އަސްލަމް. މުއިއްޒުގެ ރަނިންމޭޓަކަށް މެމްބަރު ހުސައިން ހަމަޖައްސައިފި މަގުބޫލު ލިޔުންތައް ލުބްނާނ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ