ހޯރަފުށީ ރައްޔިތުން އެންމެ ބޭނުންވެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދުނު ހިދުމަތްތަކަކީ ކޮބާ..؟
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ހޯރަފުއްޓަށް ވަޑައިގެންނެވި އެވެ.ރައީސުލްޖުމްހޫރިއްޔާ ހޯރަފުއްޓަށް ވަޑައިގެންނެވުމުން އެ ރަށުން ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހޯރަފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވި އެވެ. އަދި އެ ރަށުގައި ކުރީ ސަރުކާރުން ގާއިމުކޮށްފައިވާ ހާފްވޭ ހައުސް ހުޅުއްވައިދެއްވި އެވެ.މި ދަތުރުފުޅުގެ ތެރެއިން ހޯރަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން ރައީސް މަޝްވަރާ ވެސް ކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުގައި އެ އަތޮޅުގެ ބައެއް ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސްކަން ކަމަށް އެ ރަށުގެ ކައުންސިލުން ވަނީ ބުނެފަ އެވެ.އެގޮތުން ހޯރަފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އެރަށުގެ ރައްޔިތުން އެންމެ އެދޭ ހިދުމަތްތަކާއި، އެންމެ ބޭނުންވާ ކަންކަން ފެށިގެން ދާނެކަމުގެ އުންމީދުގައި ތިބި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެރަށް ވަޑައިގެން ދެއްކެވި ވާހަކައިގައި އެކަންކަން ފުރިހަމަ ގޮތެއްގައި ފާހަގަ ކުރައްވާފައި ނުވުމުން، ތަރައްގީގެ ރޭހުގައި ހއ. އަތޮޅުގެ ވާދަވެރި ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސް ކަމެއް ކަމެވެ."ހޯރަފުށީ ކައުންސިލާއި އިދާރާތަކުން އަދި ރައްޔިތުން ހުށަހަޅާފައިވާ އެންމެ އެދޭ، އެންމެ ބޭނުންވާ ކަންކަމަށް ބައްދަލަވައި އެކަންކަން ފައްޓަވައިދެއްވުމަށް އިއްޒަތްތެރި ރައީސަށް އަދަބުވެރިކަމާއެކު ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.ޖެނުއަރީ 29، 2025 ގައި ރައީސް މުއިއްޒު ހޯރަފުށްޓަށް ކުރެއްވި ދަތުރުގައި، ކައުންސިލާއި މުއައްސަސާތަކުން ހުށަހެޅި ކަންކަން ހިއްސާ ކުރުމަށް ރައްޔިތުން ތަކުރާރުކޮށް އެދޭ ކަމަށް ބުނެ، އެ ކަންކަން ކަންކަން ބަޔާނުގައިވެ އެވެ.ރައްޔިތުން އެދިގެން ކައުންސިލްގެ ބަޔާނުގައި ގިނަ ކަންތައްތަކެއް ސަރުކާރުން ކޮށް ދިނުމަށް އެދި ހުށަހަޅާފައިވެ އެވެ.ހޯރަފުށީ ރައްޔިތުން އެންމެ އެދޭ އަދި އެންމެ ބޭނުންވާ ހިދުމަތްތަކާއި ކަންތައްތައް:އަމަލީ މަސައްކަތް ފެށިފައިވާ ހޯރަފުށީ ހޮސްޕިޓަލްގެ މަސައްކަތް މިހާރަށް ވުރެ އަވަސްކޮށް ހިދުމަތް ވީ އެންމެ އަވަހަކަށް ފެށުންހޯރަފުށީގައި ޒަމާނީ ކުނި ކޮށްޓެއް، ޒަމާނީ ވަސީލަތްތަކާއެކު ގާއިމު ކުރުމަކީ ރައީސްގެ ފައުދެއް ކަމުގައި ވީހިނދު ޒަމާނީ ވަސީލަތްތަކާއެކު ޒަމާނީ ކުނިކޮށްޓެއް ގާއިމު ކުރުމާއި، ކުނިކޮށީގެ ބިން އިތުރުކުރުން. އަދި ވެމްކޯގެ އެހީތެރިކަމާއެކު މި އަހަރު ކުނި މެނޭޖުކުރުމަށް ފެށުންހައުސިން ޔުނިޓުތައް ގާއިމުކުރުން.ބިން ހިއްކުން.ހޯރަފުށީގައި އެމްއެންޑީއެފްގެ އިމާރާތެއް ގާއިމުކުރުން.ތާރީހީ ގޮތުން ހޯރަފުށީގެ ރައްޔިތުން އެންމެ ފުރަތަމަ ދިރިއުޅުނު ރަށަކީ ހއ. ހުވަހަންދޫ ކަމަށް ވީހިނދު އަދި ހޯރަފުށްޓާއި އެއްފަޅެއްގައި ހުވަހަންދޫ ހިމެނިފައި ވީހިނދު ސިނާއީ މަސައްކަތްތަކާއި އެނޫންވެސް ބޭނުންތަކަށް ނުހަނު މުހިއްމު ވާހިނދު ހއ. ހުވަންދޫ ހޯރަފުށީގެ އިހުތިސާސްގެ ރަށެއްގެ ގޮތުގައި ކަނޑައަޅައި ދިނުން.ރަށުގެ ބަނދަރު ޒަމާނާ އެކަށީގެންވާ ގޮތަށް ބޮޑުކޮށް ދިނުން.ހޯރަފުށީ އެއާޕޯޓު އިންޓަނޭޝަނަލް ކުރުން.ހިނަވާގެއެއް ނެތުމުގެ ދަތިކަމަށް ހައްލެއް ހޯދުން އަދި ފުރިހަމަ އިސްލާމިކް ސެންޓަރެއް ބިނާކުރުންއިންޑޯ ގޭމްތައް ކުޅެވޭ ކޮމިއުނިޓީ ކޮމްޕްލެކްސްއެއް ގާއިމުކޮށް ދިނުންއައިޑީ ކާޑް ޕްރިންޓުކޮށް ޕާސްޕޯޓުގެ ހިދުމަތް ފެށުންހއ ވެލިފިނޮޅު އަލުން ހޯރަފުށީގެ އިހުތިސޯސްގެ ތެރޭގައި ހިމެނުން.ގެސްޓުހައުސް ޒޯނަށް ދާއިމީ ފެނާއި ނަރުދަމާ އަދި ކަރަންޓު ލައިދިނުމަށް އަވަސްކޮށް ދިނުން.ބޮޓްލިން ޕްލާންޓު ވީހާ ވެސް އަވަހަކަށް ހިދުމަތަށް ގެނެސްދިނުންއައިސްޕްލާންޓުގެ ހިދުމަތް ވީހާވެސް އަވަހަކަށް އަލުން ފެށުންއަމަލީ މަސައްކަތް ފެށިފައިވާ ފެނަކަ އޮފީސް އާ އިމާރާތް ވީހާ ވެސް އަވަހަކަށް ނިންމުންކަނބަލުންނަށް ހާއްސަކޮށް ހޭންޑް ބޯލް ކޯޓަކާއި އައުޓު ޑޯ ޖިމެއް ގާއިމުކޮށް ދިނުންފާއިތުވި ސަރުކާރުތަކުން ހޯރަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް މިފަހުން ހޯރަފުށީގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ.އެގޮތުން ހޯރަފުށީގެ އުމްރާނީ ތަރައްގީ މަޑުޖެހިއްޖެ ކަމަށް ބުނެ މިފަހުން ހޯރަފުށީ ކައުންސިލަރެއް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.އިތުރަށް ކިޔާލަން: އިހަވަންދޫއަށް އަންނަ ތަރައްގީ ފެނި ހޯރަފުށީ ކައުންސިލަރެއްގެ މަރުހަބާ..!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ