ސިނގިރޭޓް އުފައްދާކަމުގެ ތުހުމަތުގައި ރޭ ބަލާފާސްކުރި އޮފީހުން ދުންފަތް ހިމެނޭ 103 ކާޑުބޯޑު ފޮށިގަނޑު އަތުލައިގެން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މާލޭގެ ހެންވޭރުގައި ހުންނަ ހުޅުގަލި ނަމަކަށް ކިޔާ ގެއެއްގައި ހިންގަމުން އަންނަ އަމިއްލަ އޮފީހެއްގެ ތެރޭގައި ސިނގިރޭޓް އުފައްދާކަމަށް ލިބުނު މައުލުމާތަކާއި ގުޅިގެން އެތަން ބަލާފާސްކުރަމުން އަންނަކަމަށް ފުލުހުން ބުނީ ރޭގައެވެ.
ފުލުހުން މިއަދު މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ބުނެފައި ވަނީ ރޭ ހިންގި ސިނގިރޭޓު އޮޕަރޭޝަންގައި 103 ކާޑުބޯޑު ފޮށިގަނޑު އަތުލައިގެންފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ދުންފަތް ހުރި ފޮށިގަނޑުތަކެއް ވެސް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދީފަވެއެވެ.
ރާއްޖޭގައި ދުންފަތް އުފެއްދުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. ދިވެހިރާއްޖޭގެ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫގައި "ދުންފަތުގެ ބާވަތް" ކަމަށް ބުނެފައި ވަނީ، ދުންފަތާއި ދުންފަތުގެ ތަނޑިއާއި، ދުންފަތާއި ދުންފަތުގެ ތަނޑިން ނުވަތަ ދުންފަތާއި ދުންފަތުގެ ތަނޑި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ.
"ދުންފަތް އުފެއްދުން" ކަމަށް މާނަކޮށްފަައި ވަނީ، ވައި، އަވި އަދި އަލިފާނުގެ ހޫނުން ދުންފަތް ހިއްކުން ނުވަތަ މިނޫންވެސް ގޮތަކަށް ދުންފަތް އުފެއްދުމުގައި ބޭނުންކުރުމަށްޓަކައި ދުންފަތުގެ ތާޒާ ފަތް އެކި ގޮތްގޮތަށް ތައްޔާރުކުރުމަށެވެ. ހިއްކާފައިހުރި ފަތް ބޭނުންކޮށްގެން، މި ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް ތައްޔާރުކޮށް ބަންދުކުރެވިފައިވާ ބިޑި، ސުއްޓާ އަދި ދުންބޯފަތް ތައްޔާރުކުރުން މީގެ ތެރޭގައި ނުހިމެނެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ސިނގިރޭޓު އުފައްދާކަމުގެ ތުހުމަތުކުރެވޭ އޮފީހުން 103 ފޮށިގަނޑު އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ