ޖޭއެސްސީގައި އިންނަވާ ރައީސްގެ މެމްބަރު ބަދަލުކުރައްވައިފި
ރައީސް ޑރ. މުޙައްމަދު މުއިއްޒު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް ޔަޒްމީދު މުޙައްމަދު، މިއަދު އައްޔަން ކުރައްވައިފި އެވެ.ޖޭއެސްސީއަށް ރައީސް އައްޔަންކުރައްވާ މެމްބަރުގެ ގޮތުގައި އަލަށް އައްޔަންކުރެއްވީ ޔަޒްމީދު މުހައްމަދު އެެވެ. އެ މަގާމަށް އޭނާ އައްޔަންކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އޮތް ރަސްމިޔާތެއްގައި އެވެ. ރައީސް އޮފީހުން ބުނީ މި ރަސްމިޔާތުގެ ކުރިން ރައީސްގެ މެމްބަރުގެ ގޮތުގައި ޖޭއެސްސީގައި ހުންނެވި ސަމީރު ވަކިކުރައްވާފައިވާ ކަމަށެވެ. އޭނާ ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމައެއްނުކުރެ އެވެ.ޔަޒްމީދަކީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މިދިޔަ މަޖިލިސް އިންތިހާބުގައި ވެސް ވާދަކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.ޖޭއެސްސީގައި އިންނަވާ ރައީސްގެ މެމްބަރު ބަދަލުކުރައްވާފައި މިވަނީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ