ފުޑް ކާނިވަލްގެ ދިރާގު ސްޓޯލުން ފޯރިގަދަ ހަރަކާތްތަކާއި އިނާމު

މޯލްޑިވްސް ފުޑް ކާނިވަލް 2026ގެ ދިރާގު ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ހަރަކާތްތަކާއި އޮފާތަކާއި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ދިރާގުން ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މި ކާނިވަލް އޮންނާނީ މާދަމާ އިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި، ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ރޭގަނޑު 11:30 އަށެވެ.
ތަފްސީލް - މި ކާނިވަލުގައި:
ދިރާގު ސްޓޯލުގައި ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފޯރިގަދަ ގޭމިން ހަރަކާތުގައި ހިލޭ ބައިވެރިވެވޭނެ 
ދިރާގު ސްޓޯލަށް ޒިޔާރަތްކޮށްގެން، ދިރާގުގެ އެންމެ ފަހުގެ ހިދުމަތްތަކާއި ހާއްސަ އޮފާތަކުގެ މައުލޫމާތު ހޯދޭނެ
މި ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ ތެރޭގައި:
ހިލޭ ޑޭޓާ 
ދިރާގުޕޭ އިން ދޭ ހާއްސަ ކޭޝްބެކް ރިވޯޑްސް 
ވަކި ހިދުމަތްތަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށް އިތުރު އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭ ލަކީޑްރޯގައި ބައިވެރިވެވޭނެ؛ މި ލަކީޑްރޯއިން ލިބޭ އިނާމުތަކުގެ ތެރޭގައި ދިރާގު ހޯމް ސޮލިއުޝަންސް ބަންޑްލްއެއް އަދި ނެސްޕްރެސޯ މެޝިނެއް ހިމެނޭ
ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން ބާއްވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ ސްޓޯލްތަކުގެ ބައިވެރިވުން ފެނިގެންދާނެ އެވެ. އަދި މި އިވެންޓް މެދުވެރިކޮށް ދިވެހި ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކަށް އެއްތަނަކުން އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ