ހދ. ނޭކުރެންދޫ ކުއްޖަކު މާލެއިން ގެއްލިގެން ހޯދަމުންދާ ކަމަށް އެރަށު ކައުންސިލުން މިރޭ އިޢުލާންކޮށްފިއެވެ. ގެއްލިގެން ހޯދަމުންދަނީ އެރަށު 18 އަހަރުގެ ޢައިޝަތު ލަމިޔާއެވެ.
ނޭކުރެންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ޝާއިޢުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ލަމިޔާ އެންމެ ފަހުން ފެނިފައިވަނީ 16 ޖޫން 2025 ވަނަ ދުވަހުގެ ރޭ 8:30 ގައި ފިހާރައަކަށް ދިޔުމަށްފަހުއެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ލިބިފައެއް ނުވެއެވެ.
ތިލަދުންް އަށް މަޢުލޫމާތު ދެމުން އެކުއްޖާގެ ބޭބެ ބުނެފައިވަނީ ލަމިޔާ އެންމެ ފަހުން ފެނިފައިވަނީ ރޭ 9:30 ހާއިރު ކަމަށެވެ.
މިމައްސަލަ ފުލުހުންނަށް ހުށައަޅާފައިވާކަމަށްވެސް މަޢުލޫމާތު ދެއްވި އެވެ.
އެންމެ ފަހުން ފެނިފައިވަނީ، މައްޗަންގޮޅި ދިލްބަހާރުމަގު، ސަހަރާ ކަންމަތިންނެވެ. އެވަގުތު އޭނާ ލައިގެން ހުރީ ކަޅު ޖިންސަކާއި ހުދު ޓީޝާޓެކެވެ. އަދި ކަޅު ބުރުގާއަކާއި ހުދު ފައިވާނެއް އަޅައިގެންނެވެ.
ލަމިޔާއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތްތަކުން އެކުއްޖާ ބޭބެ އަށް 9691063 ނުވަތަ 9959907 ނަންބަރަށް ގުޅައި މަޢުލޫމާތު ހިއްސާކޮށްދިނުމަށް ކައުންސިލުން އެދިފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަދި އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ނޭކުރެންދޫ ކުއްޖަކު މާލެއިން ގެއްލިގެން ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ