ކޮރަޕްޝަން ނައްތާލަން ކުރާ މަސައްކަތްތަކަށް ދެކޮޅުހަދަނީ ކޮޕރަޕްޝަންގެ ޢަމަލުތަކުން މަންފާ ލިބެން ބޭނުންވާ މީހުން!

ކޮންމެ މީހަކުވެސް ދުލުން ބުނަނީ ކޮރަޕްޝަނާއި ދެކޮޅު ކަމަށެވެ. ކޮރަޕްޝަން ނައްތާލަން ޖެހޭ ކަމަށެވެ. އެކަމަކު ކޮރަޕްޝަނަށް މަގުފަހިނުވާނެ ގޮތަށް ކަންކަން ބަދަލުކުރަން އުޅޭނަމަ އެކަމަށް ކަންބޮޑުވެއެވެ. ފާޑުފާޑުގެ ވާހަކަތައް ފަތުރައެވެ. 
ސުވާލަކީ މިވަނީ ކިހިނެއް ހެއްޔެވެ؟ ޖަވާބަކީ: ކޮރަޕްޝަން ނައްތާލަން ކުރާ މަސައްކަތްތަކަށް ދެކޮޅުހަދަނީ ކޮޕރަޕްޝަންގެ ޢަމަލުތަކުން މަންފާ ލިބެން ބޭނުންވާ މީހުންނެވެ. 
ތިރީގައި އެވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ބަސްފުޅެކެވެ. 
ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟ 
މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު. ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މަޢުލޫމާތު (ޑޭޓާ) ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމު. ދެ ފުށް ފެންނަ، އަވަސް، ލުއި ފަސޭހަ، ޚިދުމަތުގެ ފެންވަރު މަތީ ނިޒާމް. ކޮރަޕްޝަން މަދު ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމް. ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމް. މީ ރައްޔިތުން އެދޭ އަމާޒު. މި އަމާޒަށް ވާސިލް ވުމަށް ކުރާ ދަތުރުގައި، އަޅުގަނޑުމެން ކުރިޔަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކު. މި ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށްވެސް ގޮވާލަން." 
ސަރުކާރުތައް ބަދަލުވަމުންދާނެއެވެ. ވަޒިފާތަކުގައި ތިބޭ މީހުންވެސް ބަދަލުވަމުންދާނެއެވެ. މުހިންމު ކަމަކީ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވި ޢަމަލުކުރުމެވެ. ރައްޔިތުންނަށް ފައިދާކުރާނީ ކޮރަޕްޝަން ނައްތައިލެވިގެންނެވެ. ދައުލަތަށް ލިބޭ އާމްދަޏީގެ ބޮޑު ބައެއް ކޮރަޕްޝަންގެ ސަބަބުން ގެއްލިގެންދިއުމުގެ ނުރަނގަޅު އަސަރު ދައުލަތުގެ މާލީ ޙާލަތަށް ކުރުން ހުއްޓުވިގެން ނޫނީ ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނެތެވެ. 
ރާއްޖޭގެ މާލީ ޙާލަތު މިހައި ދަށުދަރަޖައަށް ވެއްޓިފައި މިއޮތީ ކޮރަޕްޝަން ހުއްޓުވަން ދޭންޖެހޭ ސަމާލުކަން ނުދިނުމުންކަން އެއީ ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތެކެވެ. ވީމާ ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް މަރުޙަބާކިޔަންޖެހެއެވެ. އެކަމުގެ ސީދާ ފައިދާ ރައްޔިތުންނަށް ކުރާނެއެވެ. އިން ޝާ ﷲ 
ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟ މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު. ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މަޢުލޫމާތު (ޑޭޓާ) ގެ ފުރިހަމަ…
— Dr Mohamed Muizzu (@MMuizzu) May 10, 2025
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ