އައްޑޫ ސިޓީ ހިތަދޫގައި މީހަކު ރަހީނުކޮށް ބޮލުން އެއްބައި ބާލައި އަނިޔާކުރި މައްސަލައެއްގައި ރޭ ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 1:35 ހާއިރު ވެހިކަލެއްގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ހިތަދޫ މައިލޯ ދަނޑު ސަރަހައްދުގައި ތިބި ބަޔަކު ދުވެ ފިލަން މަސައްކަތް ކުރި މަންޒަރު ފެނިފައިވާ ކަމަށެވެ.
އިތުރަށް ބެލި ބެލުމުން އެ ސަރަހައްދުގައި ޖޯއްޔެއްގައި މީހަކު ބަނދެ ބޮލުން ބައެއް ބާލައި އަނިޔާ ކޮށްފައި ހުއްޓާ ފެނިފައިވާ ކަމަށާއި އަނިޔާ ކޮށްފައި ހުއްޓާ ފެނުނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
"މި މައްސަލައިގައި ތުހުމަތުގައި ކުށުގެ ވެށިން ހަތަރު މީހަކާއި ކުޑަ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ،" ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 15 އަހަރުގެ ކުއްޖަކާއި 20 އަހަރުގެ ދެ މީހުންނާއި 21 އަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި މީހަކު ރަހީނުކޮށް ބޮލުން އެއްބައި ބާލައި އަނިޔާކޮށްފި އައްޑޫ ސިޓީގެ ހިތަދޫގައި މީހަކު ރަހީނުކޮށް ބޮލުން އެއްބައި ބާލައި އަނިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ