މާލެއިން ފުރައިގެން އދ. ދިގުރަށަށް ދަނިކޮށް ލޯންޗެއް އަޑިއަށް ގޮސް މީހުން ކަނޑުވެފައި ތިއްބާ ފުލުހުން ސަލާމަތްކޮށްފި އެވެ.
ވީ ކިހިނެއްް؟ - ފުލުހުން މިއަދު ބުނި ގޮތުގައި، ލޯންޗެއް އަޑިއަށްދާ ކަމުގެ މައުލޫމާތު އެ ތަނަށް ލިބުނީ މިއަދު ހެނދުނު 8 ހާއިރު އެވެ. އޭރު އޭގައި ހަތަރު ކުޑަކުދިން ހިމެނޭ ގޮތަށް 48 މީހުން ތިބި ކަމަށް ބުންޏެވެ.
ތަފްސީލް - ފުލުހުންނަށް ދެވުނު އިރު އެ މީހުން ތިބީ ކަނޑުމަތީގަ އެވެ.
ފުލުހުން އާއްމު ކުރި ފޮޓޯތަކަށް ބަލާއިރު އެންމެން ވެސް ތިބީ ލައިފް ޖެކެޓް އަޅައިގެންނެވެ.
ފުލުހުން ބުނީ ކަނޑުވި އެންމެން ވެސް ސަލާމަތްކޮށް، މިހާރު ދިގު ރަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގަން މެދުވެރިވިި ސަބަބު ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ލޯންޗެއް އަޑިއަށް ގޮސް، މީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ