ދަރަނި އަދާކުރާތީ މަޝްރޫއަކަށް ލޮޅުމެއް ނާންނާނެ، އަޔަސް އަންނާނީ ކޭޝް ފްލޯއާ ހެދި: ސަރުކާރު
ދަރަނި އަދާކުރުމުގެ ސަބަބުން އެއްވެސް މަޝްރޫއަކަށް ލޮޅުމެއް ނާންނާނެ ކަމަށާއި މަޝްރޫއަކަށް އަސަރުކުރާނީ ކޭޝް ފްލޯއާ ހެދި ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ. ކޮންމެ ހަފުތާއަކު ތަރުޖަމާނު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން މުންދު ވިދާޅުވި ގޮތުގައި ރާއްޖޭގައި މަޝްރޫއެއް ނުހިނގާ ރަށެއް ނެތެވެ. މި ގޮތުން، ބައެއް ތަންތަނުގައި ވަރަށް ބައިވަރު މަޝްރޫއުތައް ކުރިއަށްދާ ކަމަށް މުންދު ވިދާޅުވިއެވެ. މިދިޔަ 45 ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ ދަށުން ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކައި، ޚަލާސްކޮށްފައިވާކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. މި ގޮތުން، އެ ދަރަނިތައް ދެއްކީ ޒިންމާދާރު ކަމާ އެކީގައި ކަމަށް ވިދާޅުވެ، މަޝްރޫއުތައް ނުހިނގަނީ ލޯނުތައް ނަގާތީ ކަމަށް އިދިކޮޅުން ބުނާ ވާހަކަ މުންދު ވަނީ ދޮގުކުރައްވާފައެވެ. އަލަށް އައްޔަންކުރެއްވި މިނިސްޓަރުންނާއެކު އޮތް ކެބިނެޓު ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް އިރާދަކުރެއްވިއްޔާ އެއްވެސް މަޝްރޫއަކަށް އަޅުގަނޑުމެން މި ދައްކާ ލޯނުގެ ސަބަބުން ނުވަތަ ދަރަނި އަދާކޮށްގެނެއް ހުއްޓުމެއް ނޫނީ ލޮޅުމެއް ނާންނާނެ. އަޔަސް އަންނާނީ ކޭޝް ފްލޯގެ ސަބަބުންސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ތަރުޖަމާނު ވިދާޅުވީ، ހުރިހާ ޚަރަދުތަކެއް ފުއްދަނީ ސަރުކާރުގެ ކޭޝް ފްލޯއިން ކަމަށެވެ. އެކި ހާލަތްތަކަށް ކޭޝް ފްލޯއަށް ބަދަލުތައް އަންނަ ކަމަށާއި އެހެންވެ ކުރިއަށް ދަނީ އެންމެ ޒިންމާދާރުކޮށް ބޭނުންތެރި ގޮތުގައި ކަމަށް މުންދު ވިދާޅުވިއެވެ. https://sun.mv/216120 އެއާއެކު، ކެބިނެޓުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ބުރުނާރާ ގޮތަށް ކަމަށާއި އެއްވެސް ކަމެއް ހުއްޓާނުލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި، އެކި ރަށްތަކުގައި މަޝްރޫއުތައް ކުރިއަށް ނުދާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެ ކަމާ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް ރަށްރަށުގައި ބޮޑެތި މަޝްރޫއުތައް ކުރިއަށް ނުދާކަމުގެ ޝަކުވާ މި ސަރުކާރުގައި ވަރަށް ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ