ސިޔާސީ ހިޔާލުތަފާތުވުމުގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ހުރިހާ މީހުންނަށް ޖުމްހޫރީ ޕާޓީ (ޖެޕީ) ގެ ވެރިކަމެއްގައި ވަޒީފާ ދޭނެކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ވައުދުވެވަޑައިގެންފިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިންގެ ތެރެއިން ގާސިމް އިއްޔެ ހދ ހަނިމާދޫއަށް ވަޑައިގެންނެވިއިރު، ރަށުގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ގާސިމް ވިދާޅުވީ ސަރުކާރު ކުންފުންޏެއްގެ މުވައްޒަފެއް ނަމަވެސް، އެ މީހަކު ނިސްބަތްވާ ޕާޓީއެއްގެ ސަބަބުން ވަޒީފާއިން ވަކި ނުކުރެވޭނެކަމަށެވެ.
ގާސިމް ވިދާޅުވިއެވެ.
މިކަން ސަރުކާރުން ދޮގު ކުރި ނަމަވެސް ސަރުކާރުން އެތައް ބަޔަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށް ގާސިމް ވިދާޅުވިއެވެ.
އެއީ މި ސަރުކާރުން ވެރިކަމަށް އައުމަށް، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެވަޑައިގެންނެވި ވައުދެއްކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ، ރައީސް ސާލިހަށް އެ ވައުދާާއި ހިލާފުނުވެވޭނެކަމަށެވެ. މިހެން ކަން ހިނގަނީނަމަ އެއީ ވަރަށް ދެރަވަރުކަމެއްކަމަށް ސިފަކޮށް ގާސިމް ވިދާޅުވީ އެމަނިކުފާނު ދުވަހުވެސް މިފަދައިން ކަން ކުރައްވާފައި ނުވާނެކަމަށެވެ. އަދި ގާސިމްގެ ކުންފުނިތަކުގައި ތިބި މުވައްޒަފުންނަށް މިފަދަ އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެކަމަށް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޖޭޕީގެ ވެރިކަމެއްގައި ސިޔާސީ ނުފޫޒުގެ ސަބަބުން ވަޒީފާ ގެއްލުނު އެންމެންނަށް ވަޒީފާ ހޯދައިދޭނެކަމަށެވެ.
ސިޔާސީ ހިޔާލުތަފާތުވުމާއި ހެދި ވަޒީފާ ގެއްލުނު ހުރިހާ މީހުންނަށް ޖެޕީ ވެރިކަމެއްގައި ވަޒީފާ ދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ