މިއަދު ކުރިޔަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުސްވެފައިވާ ދާއިރާތަކުގެ ބައި އިލެކްޝަނުގައި މާލެ ދާއިރާގެ ރައީސްކަން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި އެވެ.
އާޒިމް މި އިންތިހާބު ކާމިޔާބު ކުރެއްވީ، ކުރީގެ މެމްބަރު މުހައްމަދު ފަލާހާއި ވާދަކޮށް 617 ވޯޓު ކާމިޔާބު ކުރައްވައިގެނެވެ. މާލޭގެ ރައީސްކަމުގެ ގޮނޑި ހުސްވެފައި ވަނީ، އެ މަގާމުގައި ކުރިން ހުންނެވި ސިފާ މުހައްމަދު ޕާޓީން ވަކުވުމުންނެވެ.
އާޒިމް އެމްޑީޕީއާ ގުޅިވަޑައިގަތީ ވެސް ރިޔާސީ އިންތިހާބަށް ފަހުގަ އެވެ. މީގެ ކުރިން ޖުމްހޫރީ ޕާޓީގައި ހުންނެވި އާޒިމަކީ އެމްޑީޕީގެ މި ނިމުނު ސަރުކާރުގެ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރެވެ. އަދި ރިޔާސީ އިންތިހާބުގައި އާޒިމް ތާއީދު ކުރެއްވީ ވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމާ ހަވާލުވެވަޑައިގަތުމުން މާލޭގެ މޭޔަރުގެ ގޮނޑި ހުސްވުމުން ބޭއްވި ބައި-އިލެކްޝަން އާޒިމް ކާމިޔާބު ކުރެއްވި އިރު އެއީ މި ފަހުގެ ތާރީހެއްގައި އެމްޑީޕީއަށް ކާމިޔާބުވި އިންތިހާބެވެ.
އެމްޑީޕީ މާލެ ދާއިރާގެ ރައީސްކަން އާޒިމަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ