ފުވައްމުލަކު ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ޝަރީފް ރިޓަޔާ ކުރައްވައިފި

ފުވައްމުލަކު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަދި 40 އަހަރު ފަނޑިޔާރުކަން ކުރައްވާފައިވާ މެޖިސްޓްރޭޓް އިބްރާހިމް ޝަރީފް ރިޓަޔާ ކުރައްވައިފި އެވެ. ޝަރީފް ރިޓަޔާ ކުރެއްވިކަން އިއުލާނުކޮށްފައިވަނީ ފަނޑިޔާރުންގެ މަހާސިންތާ ނިންމުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. 40 އަހަރު ޝަރުއީ ދާއިރާއަށް ޝަރީފު ކުރެއްވި ހިދުމަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ "ހަނދާނީ ރިހި މުގުރު" ޝަރީފަށް އަރުއްވާފަ އެވެ. އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރީފު ޝަރުއީ ދާއިރާއަށް ކުރެއްވި ހިދުމަތް ބަލައިގަންނަ ކަމަށާއި އެއީ އަގު ނުކުރެވޭ ވަރުގެ އަގުހުރި ހިދުމަތްތަކެއް ކަމަށެވެ. ރިޓަޔާ ކުރެވޭ ފަނޑިޔާރަކަށް ހަނދާނީ ރިހި މުގުރު އެރުވި މިއީ ފުރަތަމަ ހަފްލާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ