ރައީސް، ތަސްދީގުކުރެއްވި ފެންނަ ނުފެންނަ ވޯޓުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ނަގަންވީ ރައްޔިތުން މި ވެރިކަން ބޭނުންތޯ ނުވަތަ ނޫންތޯ ފެންނަ ނުފެންނަ ވޯޓެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ފައްޔާޒް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ދެއްކެވި ކޮންމެ ވާހަކައެއް ކޮންމެ ވައުދެއް ބޮލާ ޖަހައި އެއާ މުޅިން ހިލާފަށް އަމަލުކުރައްވާފައިވާ ކަމަށެވެ. އަދި ރައީސް މިވަގުތު ކުރައްވަނީ ހުދުމުހުތާރު ވެރިކަމެއް ހޯދަން ހުވަފެންދެކޭ ކޮންމެ ވެރިއަކު ކުރާ ކަންކަން ކަމުގައި ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފައްޔާޒް ވިދާޅުވީ ގްރީން ޓެކުހާއި އެއާޕޯޓުން ފުރުމުގެ ކުރިން ނަގާ ފީ އާއި ޓީޖީއެސްޓީ ބޮޑުކުރުމާ، ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް ގެނައި ބަދަލާއެކީ މުޅި ރިސޯޓު ވިޔަފާރިއަށް އަސަރުކޮށްފައިވާކަމަށެެވެ. އަދި އާންމު ވިޔަފާރިތައް ބަނގުރޫޓުވުމުގެ ނަތީޖާއެއްގެ ގޮތުން ބައެއް ކޮންސްޓްރަކްޝަން ކުންފުނިތައް ހުއްޓިފައިވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒް ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ރައްޔިތުން ގޮތް ހުސްވުމަށް މަގުފަހިކުރުން ކަމަށެވެ.
އައްޑޫގައި ރަށު ކައުންސިލު ހެދުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަނީ ޤަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ގިނަ އަދަދެއްގެ ފައިސާއާއި އެކު ހައްޔަރުކޮށްފި އައްޑޫ ސިޓީ ކައުންސިލުން ބާއްވާ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ