ޗައިނާގެ ޔުއާން އިން އެކައުންޓު ހުުޅުވޭ ގޮތް ބީއެމްއެލުން ހަމަޖައްސައިދީފި
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓެއް ތައާރަފްކޮށްފި އެވެ. މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި މާލީ މުޢާމަލާތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ބީއެމްއެލުން ބުނެ އެވެ.ޔުއާން އެކައުންޓް ހުޅުވައި، ބެލެހެއްޓުމުގެ ހިދުމަތް ފަށަން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ އެ ބޭންކުގެ ކޮންމެ ކަސްޓަމަރަކަށް ވެސް މިހާރު އެ މީހުންގެ ބީއެމްއެލް ވިސާ ނުވަތަ މާސްޓަކާޑު، ޗައިނާގެ ވީޗެޓް ޕޭއާ ލިންކު ކުރެވޭނެ ކަަމަށެވެ. އެއީ ވިސާ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ވެސް ހިމެނޭ ގޮތުންނެވެ."މީގެ މާނައަކީ މިހާރު ތިޔަބޭފުޅުންނަށް ޗައިނާގައި މާޗަންޓުންނަށް ސީދާ ގޮތެއްގައި ފައިސާ ދެއްކޭނެއޭ. ކުރުކޮށް ބުނާ ނަމަ ޗައިނާގައި ޗައިނާ މީހަކު ފައިސާ ދައްކާހެން ފައިސާ ދެއްކޭނެއޭ،" ތަފުސީލް ދެއްވަމުން ޝަރީފް ވިދާޅުވި އެވެ،އޭނާ ވިދާޅުވި ގޮތުގައި ބީއެމްއެލްގެ ކަސްޓަމަރުންނަށް މިހާރު އެ މީހުންގެ ވީޗެޓް ވޮލެޓަށް، ޔުއާން އިން ސީދާ ގޮތެއްގައި ފައިސާ ޖަމާކުރެވޭނެ އެވެ. އެެއާ އެކު، ވީޗެޓް ވޮލެޓް ބޭނުންކުރާ މީހުންގެ މެދުގައި އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.މިއަންނަ އަހަރުން ފެށިގެން ޔުނިއަންފޭ ކާޑުތައް ފަރުދުންނަށާއި ވިޔަފާރިތަކަށް ދޫކުރަން ފަށާނެކަމަށްވެސް މި ރަސްމިއްޔާތުގައި ވަނީ ހާމަކޮށްފަ އެވެ. އަދި މި ކާޑަކީ ދުނިޔޭގެ 180އަށްވުރެ ގިނަ ގައުމުގައި ބަލައިގަންނަ، ގްލޯބަލް ޕޭމަންޓް ނެޓްވަރކްގައި ބޭނުންކުރެވޭނެ ކާޑެއްކަމަށްވެސް ބޭންކް އޮފް މޯލްޑިވްސްއިން ބުނެ އެވެ.ޗައިނީ ހުޙްމަދު އަލީ ހަބީބު، އަދި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓާ މުހައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ ބޯޑު މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ