އީއައިއޭ އެޕްރޫވް ނުކުރަނީސް މުއިއްޒުގެ ދަތުރާ ދިމާކޮށް ކޮމަންޑޫ އެއާޕޯޓުގެ މަސައްކަތް ފަށަނީ އީއައިއޭ އެޕްރޫވް ނުކުރަނީސް މުއިއްޒުގެ ދަތުރާ ދިމާކޮށް ކޮމަންޑޫ އެއާޕޯޓުގެ މަސައްކަތް ފަށަނީ

އެންވަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އެޕްރޫވް ނުކުރަނީސް، ރައީސް މުހައްމަދު މުހައްމަދު މުއިއްޒު ށ. ކޮމަންޑޫއަށް ކުރައްވާ ދަތުރާ ދިމާކޮށް، އެރަށުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ކޮމަންޑޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ހަވީރު 5:15 ގައި ރައީސް މުހައްމަދު މުއިއްޒު އެ ރަަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮމަންޑޫ އެއާޕޯޓުގެ މަސައްކަތް ހަވާލުކުރަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާ ކަމަށް މި ނޫހަށް ވަނީ އެނގިފަ އެވެ. އެ އެއްބަސްވުމުގައި މިއަދު ހަވީރު ސޮއިކުރަން ވަނީ ހަމަޖެހިފަ އެވެ.
އެއާޕޯޓު އެޅުމުގެ ކުރިން ހަދަން ޖެހޭ އީއައިއޭ ހެދުމުގެ މަސައްކަތް ކުރީ މީގެ ދެ ދުވަހެއް ކުރިން ކަމަށާއި އެއަށްފަހު އެ އީއައިއޭ އެޕްރޫވްކުރަން އެންވަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އަށް ހުށަހަޅާފައިވާކަން ވެސް މި ނޫހަށް ވަނީ އެނގިފަ އެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި އީއާރްއޭ އިން މިހާތަނަށް އެ އީއައިއޭ އެޕްރޫވް ކޮށްފައި ނުވާއިރު، އީއާރްއޭގެ ބެލުމުގެ ދަށުން އަމަލީ މަސައްކަތް ފެށުމުގެ ހުއްދައެއް ވެސް މިހާތަނަށް ދީފައެއް ނުވެ އެވެ.
ރިޔާސީ ވައުދާ އެއްގޮތަށް ކޮމަންޑޫ ކައިރީގައި ގުޅިފައި އޮންނަ ދިގުވެލިދޫގައި ވެސް އެއާޕޯޓު އެޅުމުގެ މަސައްކަތް މިދިޔަ އަހަރު ފަށާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އެ މަސައްކަތް އަދިވެސް ނުފެށެ އެވެ. ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ވެސް މިދިޔަ އަހަރު ފަށާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެކަމަކު، އެ މަސައްކަތެއް ވެސް އަދި ނުފެށެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ