ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފުކޮށްފި އެވެ.
ވީ ކިހިނެއް؟ - ބޭންކުގެ އާ ހިދުމަތްތައް ތައާރަފުކުރުމަށް މިއަދު ބާސަލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
ތަފްސީލް - ބީއެމްއެލް އިން ބުނީ ވިސާ ޕްލެޓިނަމް ޑެބިޓް ކާޑަށް ބޭންކުގެ އެޕްލިކޭޝަން އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް މިއަދުން ފެށިގެން އެދެވޭނެ ކަމަށެވެ.
މި ކާޑު ބޭނުންކޮށްގެން ބީއެމްއެލްގެ އޭޓީއެމްތަކުން މިހާރު ފައިސާ ނެގޭ އަދަދަށް ވުރެ ދެ ގުނަ ބޮޑުކޮށް ފައިސާ ނެގޭނެ؛ އެއީ 3،200 ޑޮލަރު
ރާއްޖެއިން ބޭރުގައި ދުވާލަކު ޑޮލަރު އެކައުންޓުން 5،000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވޭނެ
ވިސާގެ ބައިނަލްއަގުވާމީ އޮފާތައް ލިބޭނެ
ބީއެމްއެލް އިން އަންނަނީ 2003 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބައިނަލްއަގުވާމީ ކާޑުތައް ދޫކޮށް، ފުޅާ ދާއިރާއެއްގައި ކާޑުގެ ހިދުމަތް ދެމުންނެވެ.
ބީއެމްއެލް އިން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ