ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ފައިސަލް އިސްތިއުފާދެއްވައިފި

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން، ފަނޑިޔާރު އަލްއުސްތާޒް މުހައްމަދު ފައިސަލް އިސްތިއުފާދެއްވައިފި އެވެ.ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން، ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް އިސްތިއުފާދެއްވުމާ ގުޅިގެން ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކަށް، ހައިކޯޓުގެ ނަމުގައި އެ ކޯޓުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.19 މާރިޗު 2025 ވަނަ ދުވަހުން ފެށިގެން، 19 ނޮވެންބަރު 2025 ވަނަ ދުވަހާއި ހަމައަށް ހައިކޯޓު ހިންގެވުން ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ ފަނޑިޔާރު އަލްއުސްތާޒް މުހައްމަދު ފައިސަލްއާ އެވެ."ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން، ފަނޑިޔާރު އަލްއުސްތާޒު، މުހައްމަދު ފައިސަލް މިއަދު އިސްތިއުފާ ދެއްވާފައި ވާތީ، ފަނޑިޔާރު އަލްއުސްތާޒު މުހައްމަދު ފައިސަލް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކަށް، ހައިކޯޓުގެ ނަމުގައި ޝުކުރު ދަންނަވަން،" ހައިކޯޓުން ކުރި ޕޯސްޓުގައި ބުންޏެވެ.ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް ކުރިން ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން ފަނޑިޔާރު އަލްއުސްތާޒް މުހައްމަދު ފައިސަލްވަނީ ގާނޫނީ ވަކީލެއްގެ ގޮތުން، ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ.އަލްއުސްތާޛު މުހައްމަދު ފައިސަލްއަކީ ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ