ކަރަންޓުގެ 33 އިންސައްތަ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމަށް ބަދަލުކުރާނަން: ރައީސް

ރާއްޖެގައި
ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ ފުއްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ
ނިޒާމެއް ޤާއިމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަންމަދު މުއިއްޒު
ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު
މިފަދައިން ވިދާޅުވީ، ދުބާއީގައި މިހާރު ކުރިއަށްދާ ކޮޕް28 ސަމިޓްގައި ވާހަކަ
ދައްކަވަމުންނެވެ.
ރައީސް
ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ
ތެރޭގައި ކަރަންޓުގެ 33 އިންސައްތަ ފުއްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް
ޤާއިމުކުރެއްވުން ކަމަށެވެ. ރައީސް ވިދާޅުވީ، މި ވަގުތު އިޢާދަކުރަނިވި
ހަކަތަ ބޭނުންކުރެވޭ މިންވަރު ހުރީ އެންމެ ހަތަރު އިންސައްތާގައި ކަމަށެވެ.
Advertisement
އެހެންކަމުން
ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި
ޙާޞިލްކުރުމަށްޓަކައި 600 މިލިއަން ޑޮލަރު އިތުރަށް ހޯދަން ޖެހޭކަމަށް ރައީސް
ވިދާޅުވި އެވެ.
" އަޅުގަނޑުމެންނަށް
މިކަން ވާން ހަމައެކަނި މިއޮތީ، ތިޔަ ބޭފުޅުންގެ އެހީތެރިކަމާއެކު،"
ރައީސް ވިދާޅުވި އެވެ.
ކޮޕް28 ބާއްވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް
(ޔޫ.އޭ.އީ)ގެ ދުބާއީގައި 30 ނޮވެމްބަރު 2023 އިން 12 ޑިސެންބަރު 2023 އާ
ހަމައަށެވެ. މި ކޮންފަރެންސްގައި 70،000 ފަރާތަކުން ބައިވެރިވާއިރު އޭގެތެރޭގައި
ޤައުމުތަކުގެ އިސްވެރިންނާއި އެކި ސިނާޢަތްތަކުގެ ބައިނަލްއަޤްވާމީ ފެންވަރުގެ
ލީޑަރުންނާއި އަމިއްލަ ވިޔަފާރިތައް ތަމްޞީލުކުރާ ފަރާތްތަކާއި ތަޢުލީމީ
މާހިރުންނާއި އެކިއެކި ރޮނގުރޮނގުގެ ތަޖުރިބާކާރުންނާއި ޒުވާނުން އަދި ޖަމުޢިއްޔާ
ޖަމާޢަތްތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ