ޢަރަބިއްޔާ ސްކޫލް އަޅާނެ ބިން ކަނޑައަޅައި 100 ދުވަސްތެރޭ ޢަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމައިފި

ޢަރަބިއްޔާ ސްކޫލް އަޅާނެ ބިން ކަނޑައަޅައި 100 ދުވަސްތެރޭ ޢަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމައިފިއެވެ. އަރަބިއްޔާ އެޅުމަށް ކަނޑައެޅުނު ބިމަކީ ކުރީގެ ކުނިކޮށި ހުރި 381 ނަންބަރު ކޮށްޓެވެ.
ޢަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތަޢުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި ވެރިކަމާ ހަވާލުވުމަށްފަހު ޢަރަބިއްޔާ ސްކޫލު އެޅުމުގެ މަސައްކަތް ފެށްޓެވުމަކީވެސް ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ޢަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ނެތުމުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ގެންދަނީ ވަރަށް ގިނަ ދަތިއުނދަގޫތައް ތަޙައްމަލު ކުރަމުންނެވެ. އަދި އެކަމުގެ ޝަކުވާތައް އެ ސްކޫލުގެ ބެލެނިވެރިން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އުފުލަމުންގެންދާތާ ވަނީ އެތައް ދުވަސްތަކެއް ވެފައެވެ.
ޢަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ބިނާކޮށްދެއްވުމަކީ ރައީސް ޑރ. މުޢިއްޒުގެ 'ދިވެހީންގެރާއްޖެ' މެނިފެސްޓޯގައި ހިމެނޭ އަދި އެންމެ އިސްކަންދެއްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ