ލ.ފޮނަދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެރަށަށް އިތުރު ޖަނަރޭޓަރެެއް ފޮނުވާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން ބުނީ މި ޖަނަރޭޓަރު ފޮނުވާފައިވަނީ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ. އެގޮތުން 1200 ކވ ޖަނަރޭޓަރެއް މިހާރު ފޮނުވާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޖަނަނޭޓަރު ރަށަށް ލިބުމާ އެކު އިންސްޓޯލްކޮށް ހިދުމަތް ދިނުމުގެ މަސައްކަތްތައް ފެށިގެން ދާނެ ކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ވަނީ އެހެނިހެން ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި އެކޯޕަރޭޝަންއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ހާމަކޮށްފައެވެ. އެގޮތުން ދާދި ފަހުންވެސް ބައެއް ރަށްތަކަށް އެކުންފުނިން ވަނީ އައު ޖަނަރޭޓަރުތަކެއް ފޮނުވައި އިންސްޓްރޯލް ކޮށްފައެވެ.
މި ސަރުކާރު ވެރިކަމަށް އައި ފަހުން ރާއްޖޭގެ އެކި ރަށްރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް މިއަދާ ހަމައަށް 43 ޖަނަރޭޓް ބަހައްޓާފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ފޮނަދޫ ކަރަންޓް މައްސަލަ ހައްލުކުރަން އިތުރު ޖަނަރޭޓަރެއް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ