ރައީސްގެ ނިންމެވުމާ އެއްގޮތައް މޯލްޑިވިއަންއަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ގެންނަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތައް ރާއްޖެއާއި ދުރު މަންޒިލްތަކަށް ދަތުރުފެށުމަށް މޯލްޑިވިއަން އިން "ވައިޑް ބޮޑީ" މަތިންދާ ބޯޓެއް ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެއާލައިން ހިންގަމުންދާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސެވެ. އަދި މަތިންދާބޯޓު ފޯރުކޮށްދޭ ޓްރޫނޯޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީސީއޯ ކާރްސްޓް ލިންޑާބޫމްއެވެ.
މި އެެއްބަސްވުމުގެ ދަށުން A330-200 މަރުކާގެ އެއާބަސް މަތިންދާ ބޯޓެއް ގެނައުމަށް އެއްބަސްވެފައިވެއެވެ.
ނިމިދިޔަ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވަނީ މޯލްޑިވިއަންގެ ހިދުމަތް ފުޅާކޮށް ދުނިޔޭގެ ގިނަ މަންޒިލްތަކަށް އުދުހުމަށްޓަކައި އެކަމަށް އެކަށޭނަ ބިޔަ މަތިންދާބޯޓު ފަހަރު މި އަހަރު ގެންނާނެ ކަމަށެވެ.
ވައިޑް-ބޮޑީ ދެ އެއާކްރާފްޓު ގެނެސް މުޅިން އައު 7 މަންޒިލަކަށް ދަތުުރު ފެށުމަށް މޯލްޑިވިއަނުން އަންނަނީ މަސައްކަތްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ