ބަންކަރިން ހިދުމަތް އަންނަ މަހު، ފުރަތަމަ އަހަރު 400 މިލިއަން ޑޮލަރު ލިބޭނެ

"މި ހިދުމަތް ފެށުނީމަ ފުރަތަމަ އަހަރު ނިމޭއިރު ވެސް ޖީޑީޕީއަށް އިތުރުކޮށްދޭނެ އިރާދަކުރެެއްވިއްޔާ އިތުރަށް 400 މިލިއަން ޑޮލަރު، އެއް އަހަރުގެ ތެރޭގައި،"
ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ބަންކަރީންގެ ހިދުމަތް އަންނަ މަހު ފެށިގެންދާނެ ކަމަށާ އެ ހިދުމަތާ އެކު ރާއްޖެ އިގްތިސާދީ ގޮތުން މުޅީން އައު ހަރުފަތަކަށް ގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ބަންކަރީންގެ ހިދުމަތް ފެށުމަކީ އަބަދުވެސް ސަރުކާރުތަކުން ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން އެއީ އަބަދު ދައްކާލަ ދައްކާލާ އޮންނަ ވާހަކައަކަށް ވުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.ވަރަށް އިތުބާރާ ޔަގީންކަމާ އެކު އެމަނިކުފާނު ވިދާޅުވީ އެ ހިދުމަތް ފައްޓަވާ ހަގީގަތަކަށް ހައްދަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެކަމަށް ދެން ދިގު އިންތިޒާރެއް ނެތް ކަަމަށެވެ. އަންނަ މަހު ހިދުމަތް ފައްޓަޗާނެ ކަމަށް ވިދާޅުވި އެވެ."މި ހިދުމަތް ފެށުނީމަ ފުރަތަމަ އަހަރު ނިމޭއިރު ވެސް ޖީޑީޕީއަށް އިތުރުކޮށްދޭނެ އިރާދަކުރެެއްވިއްޔާ އިތުރަށް 400 މިލިއަން ޑޮލަރު، އެއް އަހަރުގެ ތެރޭގައި. އޭރުން ދަރަނި އެބަ ދަށްވޭ،" ރައީސް ވިދާޅުވި އެވެ.އަދި ވިދާޅުވީ މި ހިދުމަތާއެކު އިތުރު ކިތަންމެ ނަފާ / ފައިދާއެއް ލިބޭނެ ކަމަށެވެ. އެގޮތުން ބީޕީޓީން ލިބޭ ފައިދާ އާއި އެ ހިދުމަތާ އެކު އުފެދޭ ވަޒީފާގެ ފުރުސަތު ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ މި ހިދުމަތާ އެކު އެމްޕީއެލް ފުޅާވެ ހަރުދާނާ ވާނެ ކަމަށެވެ.ރާއްޖޭގައި ބަންކަރިން ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ދެ ޓޭންކަރު ގަނެފައިވާ ކަމަށާއި، ކުރިއަށް އޮތް މަހެއްހައި ދުވަސް ތެރޭގައި އެ ހިދުމަތް ފެށިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ކުރީން ވަނީ ވިދާޅުވެފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ