ރައީސް ނަޝީދު، ބޯދިގޭ، އިއްލި އަދި އަފީފު މަޖިލީހަށް ވާދައެއް ނުކުރައްވާނެ

ދަ ޑިމޮކްރެޓްސް ޕާޓީގެ މެންބަރުންގެ ގޮތުގައި މިހާރު މަޖިލިސް މެންބަރުންގެ ގޮތުގައި ތިއްބެވި ހަތަރު ބޭފުޅަކު މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވައިފި އެވެ.
މި އަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ މަޖިލިސް އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވި ބޭފުޅުންނަކީ:
 
މި ބޭފުޅުންގެ ތެރެއިން، މިހާރު ސިޔާސީ ހަރަކާތްތަކާ ދުރުގައި ހުންނެވި ނަޝީދު ވަނީ މަޖިލިސް އިންތިހާބުގައި ވާދަ ނުކުރައްވާނެކަން ކުރިން އިއުލާން ކުރައްވައިފަ އެވެ.
މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ދަ ޑިމޮކްރެޓްސްގެ 13 މެންބަރުން ތިއްބަވާއިރު، އޭގެ ތެރެއިން އަށް ބޭފުޅަކަށް ވަނީ ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ ޓިކެޓު ކަށަވަރު ކުރައްވައިފަ އެވެ. އެ ބޭފުޅުންނަކީ:
 
މި ބޭފުޅުންގެ ތެރެއިން ވައްޑޭ ކުރިއަށް މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނީ އިނގުރައިދޫ ދާއިރާއަށެވެ. އެ ދާއިރާ މިހާރު ތަމުސީލު ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ޓިކެޓުގައި ހޮވުނު ނަމަވެސް މިހާރު ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރައްވާފައިވާ ހަސަން އަހުމަދު (ހަސަންޓޭ) އެވެ.
ވައްޑޭގެ ދާއިރާއަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ޑިމޮކްރެޓްސްގެ ވެސް ނައިބް ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) އެވެ.
މަޖިލިސް މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ޕްރައިމަރީގައި ވާދަކުރައްވަން ޖެހިވަޑައިގަންނަވާނީ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން (ފިއްރަ) އެވެ. އޭނާ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވަނީ ހުޅުމާލެ ދެކުނު ދާއިރާއަށެވެ.
އެ ދާއިރާގެ ޑިމޮކްރެޓްސް ޕްރައިމަރީގައި ދެ ބޭފުޅަކު ވާދަކުރައްވަ އެވެ. އެއީ ހަސަން އަގީލް (ހުޅުމާލެ ހަވަރު ހަސަން) އަދި މުހައްމަދު ފައިސަލް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ