ސުޕަ މެޖޯރިޓީ ލިބުނަސް މައިނޯރިޓީއަށް އިހުތިރާމް ކުރާނަން: ރެޑްވޭވް ސަލީމް މަޖިލިސް އިންތިހާބު: ވޯޓާ ގުޅޭގޮތުން ބޮޑު ޝަކުވާއެއް ހުށަހަޅާފައެއް ނެތް މިފްކޯގެ އެމްޑީ މަޖިލީހަށް ހާޒިރުކުރަނީ މަޖިލިސް އިންތިހާބުގައި ޖޭޕީން ވާދަކުރާނީ އެންމެ 10 ދާއިރާއަށް މަގު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަކީ އަންހެނަކަށް ވީތީ ތަބަކަށްލާފައި ދޭން ޖެހޭ އެއްޗެއް ނޫން ކަމަށާއި މަޖިލީހަށް އިންތިހާބު ކުރަނީ ރައްޔިތުން ވޯޓު ދީގެން ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވިދާޅުވެއްޖެއެވެ.
އޭނާ އެހެން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުންނަށް މަރުހަބާ ވިދާޅުވެ މި އިންތިހާބަކީ ފަހުރުވެރިވާން ޖެހޭ ވަރު އިންތިހާބެއް ނޫންކަމަށް ބުނެ މެންބަރު ރޮޒޭނާ އަދަމް ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވައެވެ.
ރޮޒައިނާގެ ޕޯސްޓުގައި ބުނީ، މަޖިލީހަށް އިންތިހާބުވި އަންހެން މެންބަރުންގެ އަދަދު މަދުވެ 93 ކެންޑިޑޭޓުންގެ ތެރެއިން 3 އަންހެން ކެންޑިޑޭޓުން އިންތިހާބުވުމަކީ ލަދުވެތިކަމެއް ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ ކޯޓާ ދެ ޖިންސަށް ހަމަހަމަ ކުރަންޖެހޭ ކަމަށެވެ.
އެ ޕޯސްޓު ޝެއާ ކުރައްވާ އެ ވާހަކަތަކަށް ރައްދުދެއްވާ ފާތިމަތު ތައުފީގު ވިދާޅުވީ، އަންހެންނަށްވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ވެސް، މަޖިލީހުގައި ވާދަކުރުމުގެ ފުރުސަތުވެސް ލިބޭކަމަށެވެ.
މީގެ އިތުރުން ނަންބަރު އިތުރު ކުރަން ކަމަށް ބުނެ އެއްވެސް ގޮތެއް ފޮތެއް، އަދަބެއް، އަހްލާގެއް ނެތް އަންހެނުންތަކެއް މަޖިލީސް ހަލަބޮލިކުރަން ހޮވުމަށްވުރެ، ނުހޮވުން މާ ރަނގަޅުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފާތިމަތު ތައުފީގު އެހެން ވިދާޅުވުމާ ގުޅިގެން ރޮޒައިނާ އިތުރަށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންހެނަކަށްވެ ހުރެ އެކަހަލަ ވާހަކައެއް ދެއްކުމަކީ ދެރަކަމެއް ކަމަށެވެ. އަދި މަޖިލީސް ހަލަބޮލިކުރަނީ އަންހެން ކަމަށް ވިދާޅުވިއިރު ފިރިހެނުން މަޖިލީހުގައި ‘އަލިފެއްހެން’ ތިބެނީތޯ ރޮޒައިނާ ސުވާލު ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ