މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ފުވައްމުލަކާއި އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ އިދާރާއިން މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:00 އިން ފެށިގެން މިއަދު ހަވީރު 16:00 އާއި ހަމައަށެވެ.
މިގޮތުން މެޓް އޮފީހުން ބުނީ، މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެކަމަށް ލަފާކުރާކަމަށެވެ.
Advertisement
މީގެ އިތުރުންވެސް މޫސުމާއި ބެހޭ އިދާރާއިން ވަނީ މިއަދު ހަވީރު 18:00 އާއި ހަމައަސް ދެކުނާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، އުތުރުގެ ރަށްތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާކަމަށް ލަފާކޮށްފައެވެ.
މޫސުން ގޯސްވެ، ފުވައްމުލަކާއި އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ