ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި މާލެ ސިޓީގެ ދާއިރާތަކަށް ކުރިމަތިލާ ޕީއެންސީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިއަށް ގެންދާ ޑޯޓުޑޯ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން މިއަދު ބައިވެރިވެވަޑައިގެންފި އެވެ.
ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސް ޑޯޓުޑޯ އަށް
އެ ޕާޓީން ބުނި ގޮތުގައި މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގޭގެއަށް މިއަދުގެ ޑޯޓުޑޯ ކެންޕޭނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޒިޔާރަތް ކުރައްވާފަ އެވެ.
އަދި މަގުމަތިން ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރައްވާ ސަލާމް ކުރެއްވި އެވެ.
ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސް ޑޯޓުޑޯ އަށް
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިއަދުގެ ޑޯޓުޑޯ ހަރަކާތުގައި ދައުލަތުގެ ވަޒީރުންނާއި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން، އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލާއި، މާލެ ސިޓީ ކައުންސިލަށާއި އތމ ކޮމެޓީއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުންނާއި ރައްޔިތުން މަޖިލީހުގެ ޕީއެންސީ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސް ޑޯޓުޑޯ އަށް
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު އޮތީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ.
މި ފަހަރުގެ އިންތިހާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ޕީއެންސީންނެވެ. މިއީ އިންތިހާބަކަށް އެއް ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ނެރޭ ފަހަރެވެ.
ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސް ޑޯޓުޑޯ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ