ފިޔޯރީގައި ދާޖަހައިގެން މަސް ހިފަން އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ

ގދ. ފިޔޯރީގައި ދާޖަހައިގެން މަސް ހިފަން އުޅުނު އުމުރުން ދުވަސްވީ މީހަކު ގެނބިގެން މަރުވެއްޖެއެވެ. ފުލުހުން ބުނީ ފިޔޯރީގައި ދާޖަހައިގެން މަސް ހިފަން ގޮސް އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރުފަހު 13:42 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާގައި މަރުވީ ގދ. ފިޔޯރީ، ގަހާކޯޅި، މުޙައްމަދު ޙުސައިން (79އ) އެވެ. އެ ރަށު ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ، މުޙައްމަދު ޙުސައިން ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ