ގިނަ ރައްޔިތުން އެދި އެދި ތިބި ސަރުކާރު ޓެކްސީ ލައިންގެ ހިދުމަތް ފަށައިފި

މާލޭ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް މިރޭ ފަށައިފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މާލެ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން އެމްޓީސީސީން ޓްރާންސްޕޯޓު މިނިސްޓްރީއާއެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025 ގައެވެ.
އެމްޓީސީސީ އިން ބުނީ، މާލޭ ޓެކްސީ ލައިންގެ ހިދުމަތް ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް އިތުބާރުކުރެވ،ޭ ރައްކާތެރ،ި ހަރުދަނ،ާ ލުއިފަސޭހަ އަދި ފެންވަރު ރަނގަޅު އިތުރު ޓެކްސީ ހިދުމަތެއް ފޯރުކޮށްދިނުން ކަމުގައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތް ކުރުމަށް ގެންގުޅުއްވާ ހަރުދަނާ ގައުމީ ސިޔާސަތާ އެއްގޮތަށ،ް މި ޓެކްސީ ފްލީޓްގައި ހިމެނޭ ވެހިކަލްތަކަކ،ީ ތިމާވެއްޓާ ރައްޓެހި އީވީ ވެހިކަލް ތަކެކެވެ.
ތިމާވެއްޓާ ރައްޓެހި މި އިލެކްޓްރިކް ޓެކްސީ ފްލީޓުގެ ސަބަބުން ކޮޕް 29 ގައި ދިވެހިރާއްޖެއިން ކާބަން ފުޓްޕްރިންޓް ދަށްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އިތުރު ކުރިއެރުމެއް ލިބިގެން ދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
 
 
މާލެ ޓެކްސީ ލައިން ހިދުމަތް ފަށާއިރ،ު ކާރު ބުކް ކުރުމަށް ފުރަތަމަ ހަމަޖެހިފައިވަނީ މިކަމަށް ހާއްސަކޮށް އުފައްދާފައިވާ ވެބް
އެޕްލިކޭޝަންއެއް މެދުވެރިކޮށެވެ.
މި ވެބް އެޕްލިކޭޝަންގެ ލިންކު: https://maletaxi.web.app
 
މާލެ ޓެކްސީ ލައިންގެ ދަށުން ޖުމުލަ 150 ކާރު މިވަގުތަށް ހިދުމަތަށް ނެރެން ވަނީ ހަމަޖެހިފައެވެ.
އަލަށް މި ތައާރަފުކުރި މާލެ ޓެކްސީ ލައިން ހިދުމަތުގައި އެކުލެވިފައިވާ ހާއްސަ ސިފަތަކުގެ ތެރޭގައ،ި ޑިޖިޓަލައިޒް ކުރެވިފައިވާ ވެބް ބުކިން ސިސްޓަމަކާއ،ި ވަގުތުން ވެހިކަލް ޓްރެކްކުރެވެން ހުރުން ހިމެނެއެވެ.
އަދ،ި ނަގުދު ފައިސާ ބޭނުންކުރުމުގެ ބަދަލުގައި ކޭޝްލެސްކޮށް ފައިސާ ދެއްކެން ހުންނައިރ،ު ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލު ވެސް ފަސޭހަކަމާއެކު ބަލައިލެވެން ހުންނާނެއެވެ.
މީގެ އިތުރުން، ޑިޖިޓަލްކޮށް ދަތުރުގެ ރަސީދުވެސް ބަލައިލެވެން ހުންނާނެއެވެ.
މާލެ ޓެކްސީ ލައިން އިން އަބަދުވެސް ދަތުރުކުރާނީ
ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައި ހުންނަ އަގުތަކަށް ކަމަށް އެމްޓީސީސީން ބުނެއެވެ.
ކަސްޓަމަރު ދަތުރު ބުކް ކުރުމާއެކު އެ ހިސާބަކާ އެންމެ
ކައިރީގައި އޮތް މާލެ ޓެކްސީ ލައިންގެ ކާރެއް އެ ކަސްޓަމަރަކަށް ހިދުމަތް ދިނުމަށް ކަނޑައެޅިގެން ދާނެއެވެ.
އަދ،ި މާލެ ޓެކްސީ ލައިންގެ މި ހިދުމަތް ކަސްޓަމަރުންނަށް 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށް ވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.
 
މި ޓެކްސީ ލައިންގެ އެންމެ މުހިންމު މަގްސަދަކީ ކަސްޓަމަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއެކު ފޯރުކޮށްދޭ
ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށް އެމްޓީސީސީން ބުނެއެވެ.
އެގޮތުނ،ް މާލެ ޓެކްސީގައި ވަޒީފާ އަދާކުރާ ހުރިހާ ޓެކްސީ ޑްރައިވަރުންނަކީވެސް އިންޓަވިއު ޕްރޮސެސްއެއްގެ ތެރެއިން ވަޒީފާއަށް ހޮވުމަށްފަހު، އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ ތަމްރީނުތައް ދެވިފައިވާ ބައެކެވެ.
މިގޮތުން، ފުލް ޓައިމް އަދި ޕާޓް ޓައިމް ޑްރައިވަރުންގެ ގޮތުގައ،ި ޖުމްލަ 407 މުވައްޒަފުން މި ހިދުމަތް ދިނުމުގައި ހަރަކާތްތެރި ވަމުންދާނެއެވެ.
މާލެ ޓެކްސީ ލައިންގެ ހިދުމަތް ތައާރަފު ކުރަނ،ީ އެކަމަށް ހާއްސަ ހޮޓްލައިން 1655 އާ އެކުގައެވެ.
އެމްޓީސީސީން ބުނީ، މާލެ ޓެކްސީ ލައިންގެ ހިދުމަތަކާ ގުޅޭގޮތުން އެއްވެސް އެހީތެރިކަމެއް ކަސްޓަމަރަކު ބޭނުންވެއްޖެނަމަ، މާލެ ޓެކްސީ ލައިންއަށް ހާއްސަ ކޮށްފައިވާ ހޮޓްލައިނަށް ގުޅުމުން، ކަސްޓަމަރަށް ބޭނުންވާ އެހީތެރިކަން ލިބޭނެ ކަމަށެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ