ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ

މޯލްޑިވްސް ޕޮލިސް ސާވިސް އިން ބަލަމުން ގެންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން، ތުހުމަތުކުރެވޭ ފަރާތް ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ވީޑިއޯ ފޫޓޭޖަކާއެކު، ފުލުހުން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި މީހާއަކީ، ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ފޯނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެފައިވާ މީހެއް ކަމަށެވެ. އެހެންނަމަވެސް، މިހާތަނަށް އެމީހާ އަކީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މި ވީޑިއޯއިން ފެންނަ މީހާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ