އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންގެންދާ ހަމަލާތަކުގައި ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައަށް އެދުމުން، އެކަމަށް އިންކާރުކޮށްފައިވާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ. ވަޒީރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ސަރުކާރުން ނުދޭނެ ކަމަށެވެ. އަދި ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް ހަމަލާދިނުމުގެ ފުރުސަތު ނޯންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
މިނިސްޓަރު ހަލީލް ފާހަގަކުރެއްވި ގޮތުގައި، ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމަށް އެކި ގައުމުތަކުން އަންނަ ހުށަހެޅުންތައް ސަރުކާރުން ދަނީ ބޭރުކުރަމުންނެވެ. “އެފަދަ އަންނަ ރިކުއެސްޓުތައްވެސް އަޅުގަނޑުމެން ރިޖެކްޓު ކުރަމުންދާ ކަން ތިބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވާލަން،” މިނިސްޓަރު ވިދާޅުވިއެވެ. މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ކޮމިޓީގެ ނިންމުންތަކުގެ ތެރެއިން ހާމަކުރެއްވި މުހިންމު ސިޔާސަތެކެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ދަނީ ގާތް ގުޅުން އޮންނަ ގައުމުތަކާއެކު މަޝްވަރާ ކުރަމުންނެވެ. ހާއްސަކޮށް އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ކާބޯތަކެތި ލިބޭނެކަން ކަށަވަރުކުރުމަކީ މިވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަންތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަނގުރާމައިގެ ހާލަތު ބަދަލުވަމުންދާ ގޮތް ގާތުން ބަލައި، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމަށްވެސް ފޮރިން މިނިސްޓަރު ހަލީލް ވިދާޅުވިއެވެ.
ރާއްޖެއިން ޑިމޮކްރަސީގެ އުސޫލުތައް ދަމަހައްޓާނެ: ފޮރިން މިނިސްޓަރު ބޭރުގެ އެމްބަސީތަކުގައި މަސައްކަތްކުރާ 61 މުވައްޒަފުން ރާއްޖެ ގެންނަން އަންގައިފި ރާއްޖެއާއި ލަންކާއާ ދެމެދު ބާއްވާ ޖޮއިންޓް ކޮމިޝަނުގެ 4 ވަނަ ސެޝަން ކޮލޮމްބޯގައި! ޚާރިޖީ ވަޒީރު އަބްދުﷲ ޝާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ