ފަހު ކުއާޓަރުގައި ބީއެމްއެލަށް 828.7 މިލިއަން

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު %10 އިތުރުވެ، ރެކޯޑް އަދަދެއް ކަމަށްވާ 3.2 ބިލިއަން ރުފިޔާއަށް އަރާފައިކަމަށް އެ ބޭންކުން ހާމަކޮށްފި އެވެ.ބީއެމްއެލްގެ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، އެ ބޭންކަށް ސާފު ފައިދާގެ ގޮތުގައި 837.5 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ތިންވަނަ ކުއާޓަރާ އަޅައިބަލާއިރު 76.2 ޕަސެންޓުގެ ކުރިއެރުމެކެވެ.މިދިޔަ އަހަރުގެ މާލީ ނަތީޖާތައް ދައްކާގޮތުން ބީއެމްއެލްއަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 5.5 ބިލިއަން ރުފިޔާއަށްވުރެ މަތިވެފަ އެވެ. މިއީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 16.1 ޕަސެންޓުގެ ކުރިއެރުމެކެވެ.އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 2024 ވަނަ އަހަރާ އަޅާބަލާއިރު 10 ޕަސެންޓު އިތުރުވެ، ރެކޯޑް އަދަދެއް ކަމަށްވާ 3.2 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.ބީއެމްއެލްގެ ޖުމްލަ އެސެޓް 55.7 ބިލިއަން ރުފިޔާއަށް ވުރެ މަތިވެފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 15 ޕަސެންޓުގެ ކުރިއެރުމެކެވެ. ބޭންކްގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ ބޭންކުގެ މައިގަނޑު ވިޔަފާރީގެ ދާއިރާތަކުން ހޯދި ކުރިއެރުމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓެއްގެ ސަބަބުން، ބޭންކުގެ މާލީ ދުޅަހެޔޮކަން ދަމަހައްޓައި ވަރުގަދަ މާލީ ނަތީޖާއެއް ހާސިލްކޮށް ވަރުގަދަ ބެލެންސް ޝީޓެއް ދެމެހެއްޓިފައިވާ ކަމަށެވެ."ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނަން." އޭނަ ވިދާޅުވި އެވެ.މިދިޔަ އަހަރުގެ ތެރޭގައި ބޭންކުން ވިޔަފާރިތަކާއި އާންމު ފަރުދުންނަށް 10 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައިވެ އެވެ. ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަ ށްވުރެ މަތީގައި ދެމެހެއްޓިފައިވާ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.ޝަރީފު ވިދާޅުވީ މިދިޔަ އަހަރު ކާމިޔާބު އަހަރެއްގެ ގޮތުގައި ނިންމާލެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ