އާޒިމަށް ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގައިގައި ޖެހި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ބަންދުގެ ރެކޯޑްތައް އޮންނަ ގ. އީރީ، އަބްދުﷲ މުއާޒް، 35، އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނިންމައި، އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުގައި، ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މާލޭގެ މޭޔަރު އާޒިމްގެ ގައިގައި އަތްލައި މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. މުއާޒް ބަންދުގެ މަޖިލީހުގައި ބުނެފައި ވަނީ އޭނާ މޭޔަރު ކައިރިއަށް ދިޔައީ ވާހަކަ ދައްކަން ކަމަށެވެ. އޭނާއާ މާރާމާރީ ހިންގީ މުޒާހަރައިގެ ބައިވެރިން ކަމަށް އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ