މިދިޔަ ހަފުތާގައި މާލޭގައި 56 އެކްސިޑެންޓު

މިދިޔަ ހަފުތާގައި މާލެގައި އެކަނިވެސް 56 އެކްސިޑެންޓު ހިނގާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ، މިމަހުގެ 22 އިން ފެށިގެން 28 އާ ހަމައަށް މާލޭ ސަރަޙައްދުގައި ރިޕޯޓުކޮށްފައިވާ އެކްސިޑެންޓުތަކުގެ ތަފާސްހިސާބު އާންމުކޮށްފައެވެ. އެގޮތުން މިދިޔަ ހަފުތާގައި މާލޭގައި އެކަނިވެސް 56 އެކްސިޑެންޓު ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން މިދިޔަ ހަފުތާ ތެރޭ މާލޭގައި 49 އެކްސިޑެންޓޫ ހިނގާފައިވާކަމަށާއި، ބްރިޖް އަދި ހައިވޭގައި މުޅި ޖުމްލަ 7 އެކްސިޑެންޓު ހިންގާފައިވާކަމަށްދިވެހިފުލުހުނަގެ ޚިދުމަތުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ. ދުވާލެއްގެ މައްޗަށް އެންމެ ގިނަ އެކްސިޑެންޓު ހިނގިކަމަށް ފާހަގަކުރެވިފައިވަނީ މިމަހުގެ 25 ވަނަ ދުވަހެވެ. އެދުވަހު 13 އެކްސިޑެންޓެއް ފުލުހުންނަށް ރިޕޯޓުކުރިކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލާ ކާރާ ޖެހިގެންކަމަށެވެ. އެގޮތުން، ސައިކަލާއި ކާރާ ޖެހިގެން 14 އެކްސިޑެންޓެއް ހިނގާފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައިވަނީ އެއް ސައިކަލު އަނެއް ސައިކަލާ ޖެހިގެންނެވެ. މިފަދަ 13 އެކްސިޑެންޓެއް ރިކޯޑުކުރެވިފައިވާއިރު ކަމަށާއި، އެކްސިޑެންޓްއަށްފަހު ފިލައިފައިވާ 7 އެކްސިޑެންޓު، އަދި އެއްމެއުޅަނދެއްގެސަބަބުން ވެފައިވާ 5 އެކްސިޑެންޓް ރިކޯޑް ކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ނިމިދިޔަ ހަފުތާ ތެރޭ ހިނގާފައިވާ 56 އެކްސިޑެންޓުތަކުގެ ތެރޭގައި 55 ކުޑަ އެކްސިޑެންޓަކާއި، 1 ބޮޑު އެކްސިޑެންޓުގެ ހިނގި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. މި އެކްސިޑެންޓްތަކުގައި 10 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާކަމާއި، 65 އުޅަނދަކަށް ގެއްލުން ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މާލޭ ސަރަޙައްދުގައި ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށްޓަކާ، ދުއްވާ ފަރާތްތަކާއި މަގުމަތީ ހިނގާބިނގާވެ އުޅޭ ފަރާތްތަކުން މަގުމަތީގެ ޤަވާއިދުތަކަށް ސަމާލުވުމަށާއި، ދުވެލި މަޑުކުރުމަށް ފުލުހުން ދަނީ ނަސޭހަތްތެރިވަމުންނެވެ. އަދި މިކަންކަމަށް އާންމުން ހޭލުންތެރިކުރުމަށް ތަފާތު ހަރަކާތްތައް ދޭތެރެ ދޭތެރެއިން ދަނީ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ