ރަޝިއާ އާއި ޔޫކްރެއިން ކުރަމުން އަންނަ ހަނގުރާމަ ތިން ދުވަހަށް މެދުކަނޑާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި އެވެ.
”ޓްރުތު ސޯޝަލް“ގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، މިއަދުން ފެށިގެން ތިން ދުވަހަށް ހަނގުރާމަ މެދުކަނޑާލުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. އެކަން ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވެސް ވަނީ ކަށަވަރު ކޮށްދީފައިވާއިރު ޓްރަމްޕް ބުނީ، މިއީ ދިގުލައިގެން ގޮސްފައިވާ، ނުރައްކާތެރި ހަނގުރާމަ ނިމުމުގެ ފެށުން ކަމަށެވެ.
ރަޝިއާގެ ރިޔާސީ އެޑްވައިޒަރު ޔޫރީ އުޝަކޯވް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމަށް އާދެވުނީ ރައީސް ލަޑިމިއާ ޕޫޓިން އާއި ޓްރަމްޕް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތަކަށްފަހު ކަމަށެވެ.
ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައި މިވަނީ ރަޝިއާގައި ފާހަގަކުރާ ”ވިކްޓަރީ ޑޭ“ އާ ދިމާކޮށެވެ.
”ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ވާހަކަތައް ދަނީ ކުރިއަށް. އަހަރެމެން މި ދަނީ ކޮންމެ ދުވަހަކުވެސް ހައްލަކާ ގާތަށް ޖެހެމުން،“ ޓްރަމްޕް ބުނެފައިވެ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުން ރަޝިއާ- ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އޭގެ އެއް ސަބަބަކީ ޔޫކްރެއިންގެ އިރުމަތީ ޑޮނެޓްސްކް ސަރަހައްދުގެ މިލްކުވެރިކަމާ މެދު ދެ ގައުމުން އެއްބަސްވުމަކަށް އާދެވިފައި ނުވުމެވެ.
ރަޝިއާ – ޔޫކްރެއިން ހަނގުރާމަ 3 ދުވަހަށް މެދުކަނޑާލާފައިވާކަން ޓްރަމްޕް އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ