މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިބްރާހިމް ހުސައިން ވިދާޅުވީ، ގާނޫނުއަސާސީގެ 30 ވަނަ މާއްދާގެ ދަށުން ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހައްގު ލިބިދީފައި އޮތް ނަމަވެސް، ފެންނަމުންދަނީ އެ ޕާޓީތަކުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ މަންޒަރު ކަމަށެވެ.
"އަޅުގަނޑުމެން ބޮޑެތި ކުލީގައި ތަންތަން ހިފައިގެން ވިޔަފާރި ކުރަމުން ދާއިރުގައި، ކޮންމެ ރެޔަކު ނިކުމެ މިމީހުން މިޖަހާ ސަކަރާތުން ދިވެހި ރައްޔިތުންނަށް ވަނީ ގެއްލުންތޯ ނުވަތަ ފައިދާތޯ އަޅުގަނޑުމެން ވިސްނާލަންޖެހޭ،" އިބްރާހިމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެއްވެ އުޅުމުގެ މިނިވަންކަން ބޭނުންކުރުމަށް ސަރުކާރުން ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައި ވަނިކޮށް، އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށް ނުކުމެ އަޑުގަދަކޮށް، ކުޑަކުދިންނަށް ނޭދެވޭ އަސަރުކުރާ ގޮތަށް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
އިދިކޮޅުން މިނިވަންކަމުގެ ނަމުގައި ކުރަނީ ގައުމު ބިކަކުރުމުގެ މަސައްކަތް: އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ