ސިވިލް ކޯޓުން މިދިޔަ އަހަރު 6718 މައްސަލަ ނިންމައިފި

ސިވިލް ކޯޓުން މިދިޔަ އަހަރު 6718 މައްސަލަ ނިންމާފައިވާ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސިވިލް ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ކޯޓަށް 2025 ވަނަ އަހަރު 5680 މައްސަލަ ހުށައަޅާފައިވެއެވެ. އެއީ އޭގެ ކުރީގެ އަހަރާ އަޅާބަލާއިރު 10.46 ޕަސެންޓު އިތުރު އަދެދެކެވެ. ސިވިލް ކޯޓުގައި 2024 ވަނަ އަހަރު ރަޖިސްޓަރީކުރީ 5142 މައްސަލަ ކަމަށްވެސް ތަފާސް ހިސާބުން ދައްކައެވެ. 
މިދިޔަ އަހަރު ސިވިލް ކޯޓުން ޖުމްލަ 6718 މައްސަލަ ނިންމާފައިވާއިރު 2024ވަނަ އަހަރު ނިންމާފައިވަނީ 5432 މައްސަލައެވެ. އެއީ 23.68 ޕަސެންޓްގެ އިތުރުވުމެކެވެ. މިއީ ސިވިލް ކޯޓުގައި މަސައްކަތްކުރާ 17 ގާޒީންގެ ތެރެއިން ކޮންމެ ގާޒީއަަކަށް 395 އަށް ވުރެ ގިނަ މައްސަލަކަން ހާމަވެގެން ދެއެވެ. ސިވިލް ކޯޓުގައި މިހާތަނަށް މައްސަލަތައް ހުށަހަޅައި ބަލަނީ ކޭސް މެނޭޖުމަންޓު ސިސްޓަމުން ބޭރުން ނުވަތަ މެނުއަލްކޮށެވެ. 
ސިވިލް ކޯޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި އިޖުރާއީ ނިންމުމާއި އިހުތިސާސްއާ މެދު 126 މައްސަލައެއްގައި ގޮތް ނިންމާފައިވެއެވެ. އަދި ވަގުތީ އަމުރުތަކާ މެދު 166 މައްސަލައެއްގައި ގޮތް ނިންމާފައިވެއެވެ. އޭގެ ކުރީގެ އަހަރު އަމުރާ ގުޅޭގޮތުން ނިންމާފައިވަނީ 103 މައްސަލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ