ވޯލްޑް ކަޕްގެ ފޯރި އިތުރުކުރަން އުރީދޫން ކުޑަކުދިންގެ ހަވީރެއް ބާއްވަނީ
މިރޭ ފަށާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕާ ގުޅިގެން، އުރީދޫން ފެށި "ފުޓްބޯޅަ ފޯރި" ކެމްޕެއިންގެ ދަށުން، ވޯލްޑް ކަޕްގެ ފޯރި ދިވެހިންގެ މެދުގައި އިތުރުކުރުމަށް ކުޑަކުދިންގެ ހަވީރެއް މާދަމާ ބާއްވަން ނިންމައިފިއެވެ. އުރީދޫން ބުނީ، އެލައިޑް އިންޝުއަރެންސާއި އެޗްޑީސީއާ ގުޅިގެން، ފުޓްބޯޅައާ ގުޅުންހުރި އެކި ގޭމްތަކާއި ހަރަކާތްތަކާއެކު އޮންނަ މި ހަވީރު އޮންނާނީ މާދަމާ ހަވީރު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ހަވީރު ހަތަރަކުން ފެށިގެން އިރުއޮއްސި 06:00 ޖަހަންދެން ކަމަށެވެ. "ފުޓްބޯޅަ ފޯރި"ގެ ނަމުގައި އުރީދޫން ވަނީ ޚާއްސަ އޮފާތަކާއެކު ކެމްޕެއިނެއް ފަށައިފައެވެ. މި ކެމްޕެއިންގެ މަގުސަދަކީ އުރީދޫގެ ޕްރީޕެއިޑާއި ޕޯސްޓްޕެއިޑާއި ސުޕަނެޓުގެ ޚިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ވޯލްޑް ކަޕްގެ ފޯރިގަދަ ތަޖުރިބާއެއް ފޯރުކޮށްދިނުން ކަމަށް، އުރީދޫން ބުންޏެވެ. އެގޮތުން، ތިން ޖީބީގެ ޑޭޓާއާ އެކު، ވޯލްޑް ކަޕް ނިމެންދެން މީޑިއާނެޓު ފޯން މެދުވެރިކޮށް ބަލައިލެވޭ ޕެކޭޖެއް ތައާރަފްކުރުމުގެ އިތުރުން، ސުޕަނެޓް ޕެކޭޖުތައް ޖުލައި މަހުގެ ނިޔަލަށް ހިލޭ އަޕްގްރޭޑްކުރެވޭ ގޮތަށް، އުރީދޫން ވަނީ ބައެއް ލުއިތައް ދީފައެވެ. އަދި ޖުލައި މަހުގެ ނިޔަލަށް ސުޕަނެޓް ޕެކޭޖުތައް އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި އައު ކަނެކްޝަނަކަށް އެދޭ ކަސްޓަމަރުންނަށް، 75 އިންޗީގެ ހައިސެންސް ޓީވީއެއް ހޯދުމުގެ ފުރުސަތު މި ޕްރޮމޯޝަނުގެ ދަށުން ލިބޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ. އެމެރިކާއާއި މެކްސިކޯގެ އިތުރުން، ކެނެޑާގައި މިއަހަރު އޮންނަ ވޯލްޑް ކަޕް މިރޭ ފަށާނީ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރެވެ. އެ މެޗުގައި ވާދަކުރަނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯއާއި ދެކުނު އެފްރިކާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ