މޫސާ އިބްރާހީމްގެ ހަށިގަނޑު މާލެ ގެނެސްފި
ލ. މާވަށުގައި ހިންގި މާރާމާރީގައި މަރުވި ލ. މާވަށް، ނަލަހިޔާ، މޫސާ އިބްރާހީމް (29އ) ގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.މޫސާ އިބްރާހީމްގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ރޭ އެވެ.ފުލުހުން ބުނި ގޮތުގައި މޫސާގެ ހަށިގަނޑު މާލެ ގެނައީ ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށެވެ.މި މައްސަލައިގެ ތުހުމަތުގައި މުހައްމަދު އިބްރާހިމް، 29، އަސަރީ މަންޒިލް/ހދ. ނޮޅިވަރަންފަރު ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރި މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މޫސައަށް ހަމަލާ ދޭން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުން ވަނީ ހޯދާފަ އެވެ. އެ ވަޅި ހޯދީ ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ